ލަންކާގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ދިރާގުން ކޯލްރޭޓް އަގުހެޔޮކޮށްފި
ޓެރަރިސްޓް ހަމަލާތަކެއްދީ ލަންކާގެ ގިނަރައްޔިތުންތަކެއް މަރާލައި ހިންގި ހިތާމަވެރި ޙާދިސާގެ ހިތަމައިގައި ބައިވެރިވުމުގެ ގޮތުން އެޤައުމަށް ކުރާ ކޯލްތަކުގެ އަގު ހެޔޮކޮށްފިއެވެ.
ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކާއި ގުޅިގެން، އެގައުމަށް އަގުހެޔޮކޮށް ގުޅޭނެގޮތް ދިރާގުން ހަމަޖައްސާފައިވާއިރު މިރޭ ދަންވަރު އެކެއް ޖަހަންދެން އެގައުމަށް މިނެޓަކު އެއް ރުފިޔާގެ ރޭޓުން ގުޅޭނެ ކަމަށް ދިރާގުން ބުނެއެވެ.
ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ، ކޮލޮމްބޯއަށް މިއަދު ދިން ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު އަދި ސާފުވާ ގޮތެއްނުވެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެކަމާއި ގުޅޭ މައުލޫމާތުތައް ބަލަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮމުގެ ހަމަލާތައް ދީފައިވަނީ ބައެއް ޗާޗްތަކަށާއި ކޮޅުނބުގެ ފަސް ތަރީގެ ހޮޓެލްތަކަކަށެވެ.
އެގޮތުން ކޮޅުނބުގެ މަޝްހޫރު ޝަންގްރިއްލާ ހޮޓެލް ، ސިނަމަން ގްރޭންޑް އަދި ކިންގްސްބަރީގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށް ލަންކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. މި ތިން ހޮޓަލަކީވެސް ގިނަ އަދަދަކަށް ދިވެހިން ގޮސްއުޅޭ ދެތަނެވެ.
މި ހަމަލާތައް ދިނީ، ޗާޗްތަކުގައި އީސްޓަރ ސަންޑޭގެ ސާރވިސް ކުރިއަށް ދަނިކޮށެވެ.
