ހއ އަދި ހދ އަތޮޅަށް ސްޕީޑް ފެރީގެ ހިދުމަތް އެމްޓީސީސީން ފަށައިފި
ހއ އަދި ހދ އަތޮޅަށް ސްޕީޑް ފެރީގެ ހިދުމަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ. އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން މިއަދު ހއ އަދި ހދ އަތޮޅަށް ސްޕީޑް ފެރީ ދަތުރުތައް މިވަގުތު ފަށަނީ އަޖުމަ ބެލުމުގެ ގޮތުންނެވެ.
އެގޮތުން މިދަތުރުތައް ފަށަނީ ‘ޓްރަޔަލް’ ކޮށް ކަމަށާ މިމުއްދަތުގައި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫ އާއި އެ އަތޮޅު ކުޅުދުއްފުއްޓާއި މި ތިން ރަށް ފެރީގެ ހިދުމަތުން ގުޅާލާނެ ކަމަށެވެ. މިމުއްދަތު ނިމުމުން ފެރީ ދަތުރުކުރާނެ ދާއިމީ ރޫޓް ކަނޑައަޅާނެކަމަށް އެމްޓީސީސީން ހަމަކުރެއެވެ.
އެމްޓީސީސީން މި ރަށްތަކުގެ ސްޕީޑް ފެރީގެ ދަތުރުތަކަށް ހަމަޖައްސާފައި ވަނީ 150ރ. އާއި 250 ރ. އާއި ދެމެދުގެ އަގުތަކެކެވެ. ހުކުރުދުވަސް ފިޔަވައި ކޮންމެދުވަހަކުވެސް ފެރީ ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން މިހާރު ވެސް މާލެ އާއި ހުޅުމާލެ އާއި އަދި ވިލިމާލެ އާއި މާލެއާ ދެމެދު އަދި ބައެއް އަތޮޅުތަކަށް ވެސް ފެރީގެ ޚިދުމަތް ދެއެވެ.
