ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތަން ދަސްކޮށްދެނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތަން ދަސްކޮށްދޭ ޚާއްސަ ޕްރޮގްރާމެއް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ފަށައިފިއެވެ.

“ފެތުން ތަރިން” މިނަމުގައި ބީއެމްއެލްއިން ފަށާފައިވާ މި ޕްރޮގްރާމަކީ އަލަށް ފަތަން ދަސްކުރުމަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެކެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރު ކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގައި ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދީ، އައު ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ބޭންކުން އިސްނަގައިގެން ކުރިއަށްގެންދާ ޙަރަކާތެއްކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ލިބެން ހުންނާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

އިޖުތިމާޢީ ދުޅަހެޔޮކަން ބިނާކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން މިހާރުވެސް ދަނީ ގިނަ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މާލީގޮތުން އެކި ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދީ ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close