ޚަބަރު

ލަންދޫގައި ޒަމާނީ މިސްކިތެއް އެޅުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ – ރައީސް

ނ.ލަންދޫގައި މިއަހަރު ތެރޭ ޒަމާނީ މިސްކިތެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ލަންދޫއަށް ވަޑައިގެން ލަންދޫގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.

ރައީސް މިއަދު ލަންދޫއަށް ވަޑައިގަތުމާއިއެކު ލަންދޫއިންވަނީ ރައީސްއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ލަންދޫގެ ގިނަ ރައްޔިތުންތަކަކާއި މުޚާތަބުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭ ލަންދޫ ބަނދަރުބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި މީގެ އިތުރުން ލަންދޫގެ ނަރުދަމާ މިހާރު އެޅެމުންދާއިރު ބޭނުންވަނީ ނަރުދަމާއާއިއެކު ފެންވެސް އެޅިގެން ދިއުންކަމަށެވެ.

މީގެ އިތުރަށް ލަންދޫގައިވާ އާސާރީ ބިނާ، (މާބަދިގެ) ޙިމާޔަތްކޮށް އެތަން ލޯކަލް ޓޫރިޒަމަށް ހުޅުވާލުމުގެ ވިސްނުމެއްވެސް ގެންގުޅުއްވާކަމަށެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިންވަނީ މަނަދޫ ދާއިރާއިން ކުރިމަތިލައްވާފައިވާ އެމް.ޑީ.ޕީގެ ކެންޑިޑޭޓް އަޙްމަދު ހާރޫނު (ބަގޭ) އަށް ވޯޓްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close