ޚަބަރު

އާދަޔާ ޚިލާފަށް ހޫނުގަދަވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފި

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްވަރެއް ކަމުން، ”ހޫނުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުމާއި ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ މައްސަލަތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފިއެވެ.

އެގޮތުން ހޫނު ގަދަގަޑިތަކުގައި ކުޅިވަރު ކުޅުމާއި އެކި އެކި ހަރަކާތްތައް ބޭރުގައި ނުވަތަ އަވީގައި އިންތިޒާމު ކުރުމުގެ
ބަދަލުގައި އެތެރޭގައި ނުވަތަ ފިނިގަޑިތަކުގައި އެފަދަ އިންތިޒާމްތައް ކުރުން, ހޫނުގަދަ ގަޑިތަކުގައި އަވީގައި އުޅޭ މިންވަރު ވީހާވެސް މަދުކުރުން، ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން، ހަކުރު އަދި ކެފޭން ހުންނަ ބުއިންތައް ބޭނުން ކުރުމުން ދުރުހެލިވުން، އވީގައި އުޅޭވަގުތުތަކުގައި އަވި އައިނު ބޭނުންކުރުންފަދަ ކަންތަކަށް ސަމާލުކަންދިނުމަށް އެ އޭޖެންސީ އިލްތިމާސްކުރެއެވެ.

  • ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ޞިއްޙީ މައްސަލަތައް
  • ހޫނު ގަދަވުމުގެ ސަބަބުން ހަށިގަނޑުން ފެންމަދުވެ ވަރުދެރަވުން، ބޮލުގައި ރިއްސާ ބޯއަނބުރާ ގޮތްވުން، އަތްފައި
  • ފިނިވުން، އަކުނިވަޔަށްދެމުން ފަދަ ޢަލާމާތްތައް ފެނުން،
  • ލޮލަށް ލިބޭ ގެއްލުން ތަކުގެ ތެރޭގައި ލޮލުގެ މަތީފަށަލަ ފިހުން، ލޮލުގެ އެތެރެ ފަށަލަ ހަލާކުވުން، ލޯ ފުސްވުން
  • ހިމެނޭ.
  • ގައިގެ ހަމަށް ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ހަންގަނޑު އެދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުން،
  • ކުދި ރަތް ބިހިތަކެއް ނެގުން،

ވަރުދެރަވުން، ބޮލުގައި ރިއްސާ ބޯއަނބުރާ ގޮތްވުން، އަތްފައި ފިނިވުން، އަކުނިވަޔަށްދެމުން ފަދަ ޢަލާމާތްތައް
ފެންނަނަމަ އަވަހަށް ޞިއްޙީ ފަރުވާ ހޯއްދެވުމަށްވެސް އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close