ޓެކްނޮލޮޖީ

މޮޒިއްލާއިން ފަޔަރފޮކްސް ސެންޑް ލޯންޗުކޮށްފި

2017 ވަނަ އަހަރު މޮޒިއްލާއިން ޓެސްޓްކުރަންފެށި ފަޔަރފޮކްސް ސެންޑް މިއަދު ލޯންޗުކޮށްފިއެވެ. ‘ފަޔަރފޮކްސް ސެންޑް’ އަކީ ބްރައުޒާ މެދުވެރިކޮށް ފައިލް ޝެއަރކޮށް ނުވަތަ އަނެކާއަށް ފޮނުވައިދޭން ބޭނުންކުރާ ޚިދުމަތެކެވެ.

މިޚިދުމަތް ބޭނުންކުރުމަށްޓަކައި ސެންޑް ވެބްސައިޓަށް ޒިޔާރަތްކޮށްލުމަށްފަހު ބޭނުންވާ ފައިލް އަޕްލޯޑް ކޮށްލަންވީއެވެ. މޮޒިއްލާ އެކައުންޓެއް ނެތްނަމަ ބޮޑުވެގެން 1 ޖީބީގެ ފައިލް ފޮނުވާލެވޭނެއެވެ. މޮޒިއްލާ އެކައުންޓެއް ހެދުމަށްފަހު 2.5 ޖީބީގެ ފައިލް ފޮނުވާލެވޭނެއެވެ. އޭގެފަހުން ފައިލް އެކްސްޕަޔާވާ މުއްދަތު އިޚްތިޔާރުކުރާށެވެ. ފައިލް ވަކިވަރަކަށް ޑައުންލޯޑްކުރުމުން ނުވަތަ ވަކި ދުވަހެއްވުމުން ފައިލް އެކްސްޕަޔަވާގޮތަށް ހެދެއެވެ. އަދި ޕާސްވޯޑެއް ޖަހައިގެން ފައިލް ޑައުންލޯޑް ކުރެވޭގޮތަށްވެސް ހެދެއެވެ.

ފައިލް ލިބެންވާ ފަރާތަށް ފޮނުވަންވީ ލިންކް އޭގެފަހުގައި ލިބޭނެއެވެ. އެ ލިންކަށް ފިތާލުމުން ޑައުންލޯޑްކުރެވޭނެއެވެ. ޑައުންލޯޑްކުރާ ފަރާތުގެ މޮޒިއްލާ އެކައުންޓެއް ބޭނުމެއްނުވާނެވެ.

މޮޒިއްލާއިން ބުނާގޮތުގައި ސެންޑް މެދުވެރިކޮށް ފޮނުވާ ފައިލްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށެވެ.

މީގެ އެންޑްރޮއިޑް އެޕް މިހަފްތާތެރޭ ނެރޭނެކަމަށްވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close