ޚަބަރު

ރައީސް ޔާމީން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ނިންމާލައިފި ދެންއޮންނާނީ ޙުކުމް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންކުރި އަމުރާ ގުޅިގެން ހައިކޯޓުގައި ސިއްރިޔާތުގައި ކުރިއަށްގެންދިޔަ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފިއެވެ.

އެމައްސަލައިގެ އިސްތިއުނާފް އަޑުއެހުން ނިންމާލައްވަމުން ހައިކޯޓުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ދެން އޮންނާނީ ހުކުމް އިއްވުންކަމަށެވެ. އެހެން ނަމަވެސް ހުކުމް އިއްވާނެ ތާރީޚެއް އެކޯޓުން އިޢުލާނެއް ނުކުރައްވައެވެ.

ކުރީގެ ރައީސް ޔާމިންގެ އިސްތިއުނާފްގެ މައްސަލަ ސިއްރުން ކުރިއަށް ގެންދިޔައިރު ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރިން މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ޢާއްމުކޮށް ހުޅުވާލައިގެންނެވެ.

މިއަދުގެ މައްސަލަ ޢާއްމުންނަށް ހުޅުވާލައިގެން ގެންދިއުމަށް ރައިސް ޔާމީން އެދިވަޑައިގެންނެވިނަމަވެސް މައްސަލަ ޢާއްމުކޮށްފައެއްނުވެއެވެ.

މިމައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ހައި ކޯޓުގައި ބޭއްވި މިއީ ފުރަތަމަ ފަހަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close