އަކްޝޭ ކުމާރުގެ “ސޫރޔަވަންޝި” ގެ ޕޯސްޓަރު އާންމު ކޮށްފި!
އަކްޝޭ ކުމާރުގެ ސޫރޔަވަންޝި ބެލުންތެރިން ސިއްސުވާލާނެ ފަދަ ފިލުމަކަށް ވެދާނެ ބާއެވެ؟
ފިލްމުގެ ޑައިރެކްޓަރ ރޯހިތް ޝެޓީ އާއި ކަރަން ޒޯހަރު ބުނާ ގޮތުން ނަމަ ، މި ފިލުމަކީ ސިފައިންގެ ފިލުމުތަކަށް ތަރުހީބުދޭ ފޭނުންނަށް ވަރަށް ޚާއްސަ ފިލުމެކެވެ. އެހެންކަމުން މި ފިލްމަށް އަކްޝޭގެ ސަޕޯޓަރުން ދަނީ އިންތިޒާރު ކުރަމުންނެވެ. ފިލްމުގެ ޕޯސްޓަރުންވެސް އަކްޝޭ ގެ ކުޅަދާނަކަން މި ފިލްމުގައި ފެނިގެންދާނެކަމަށް ބެލުންތެރިން ޝައްކެއް ނުކުރާނެއެވެ.

މިފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޢީދުގައި ކަމަށް އަކްޝޭގެ ޓްވީޓްގައި ބުނެފައިވެއެވެ. ރޯހިތް ޝެޓީ ގެ ކާމިޔާބު ފިލްމުގެ ތެރޭގައި މިފަހުން ނިކުން ސިމްބާ ފާހަގަކޮށްލެވެއެވެ. އެ ފިލްމަކީ އޭނާގެ 8 ވަނަ ބްލޮކްބާސްޓަރ ފިލްމެވެ. އެހެންކަމުން މިފަހަރުގެ ސޫރޔަވަންޝި އަކީ ކާމިޔާބު ފިލްމަކަށް ވުމާއި މެދު ބެލުންތެރިން ދެބަހެއް ނުވާނެއެވެ.


