ޚަބަރު

ގެލެކްސީ އެސް10 އަދި އެސް10 ޕްލަސް ދިރާގުން ރާއްޖޭގައި ރަސްމީކޮށް މިރޭ ތަޢާރަފުކޮށްފި

ސެމްސަންގ ކުންފުނީގެ އެންމެފަހުގެ ފޯންކަމުގައިވާ ގެލެކްސީ އެސް10 އަދި އެސް10 ޕްލަސް ދިރާގުން ރާއްޖޭގައި ރަސްމީކޮށް މިރޭ ތައާރަފުކޮށްފިއެވެ.  

ދިރާގު ހެޑް އޮފީސް ޕޯޓިކޯ އޭރިއާގައި ބޭއްވި ކުލަގަދަ ހަފުލާއެއްގައި ދިރާގުން މިރޭ ނެރެފައިވަނީ ސެމްސަންގްގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ އެސް10 އަދި އެސް10 ޕްލަސްއެވެ.

މިރޭގެ މި ޙަފްލާގައި ދިރާގާއި ސެމްސަން އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވި އެވެ.

އެ ހަފުލާގައި ބޮޑުބެރުގެ މިއުޒިކާއި ތަފާތު އެކި ހަރަކާތްތައް ކުރިޔަށް ގެންދިޔަ އެވެ.

މިރޭގެ ހަފުލާގައި މި ފޯނު ދައްކާލުމުގެ އިތުރުން މި އިވެންޓަށް ދިޔަ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރިއަކަށް އޭގެ ފޯނެއް ވެސް ދީފައިވެ އެވެ. މީގެ އިތުރުން މިރޭ ތައާރަފްކުރި ސެމްސަންގެ ގެލެކްސީ އެސް 10، އަމިއްލައަށް ބަލާލުމުގެ އިންތިޒާމް ވެސް އެތަނުގައި ހަމަޖައްސާފައިވެ އެވެ. އެ އިވެންޓަށް ދިޔަ ގިނަ ބަޔަކު އެ ފޯނު ބެލި އެވެ.

ސެމްސަންގެ ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް އަކީ ސެމްސަން ގެލެކްސީ ސީރީޒްގެ 10 ވަނަ އަހަރީ ފޯނެވެ. އަދި ސެމްސަންގް އެސް 10 ޕްލަސްގައި ޖުމްލް ފަސް ކެމެރާ (ކުރިމަތީގައި ދެ ކެމެރާ، ފަހަތުގައި ތިން ކެމެރާ)، އޮން ސްކްރީން ފިންގާ ޕްރިންޓް އަދި ވަޔާލެސް ޕަވާ ޝެއަރިން، އަދިވެސް އިތުރު އިނޮވޭޓިވް ފީޗާސްތައް ހިމެނެ އެވެ.

މި ފޯންތަކަކީ އެއްފަހަރު ޗާޖުކޮށްގެން 24 ގަޑިއިރު ގެންގުޅެވޭނެ ފޯނުތަކެއް ކަމަށާއި، މި ފޯންތަކުން އެހެން ފޯންތައްވެސް ޗާޖްކޮށްލެވޭނެކަމަށް ސެމްސަންގ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން މި ފޯންގެ އޮން ސްކްރީން ފިންގަރ ޕްރިންޓްގެ އިތުރުން، އިތުރު އިނޮވޭޓިވް ފީޗަރސްތައް އެ ދެ ފޯނުގައި ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close