ޚަބަރު

ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ޤާނޫނު އަސާސީއާއި ޚިލާފަށް – ޢަލީ ޢާރިފް

ކުރިއަށްއޮތް ރައްޔިތުންގެ މަޖްލިސް ކައިރިވެފައިވަނިކޮށް ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ޤާނޫނު އަސާސީއާއި ޚިލާފަށް ކަމަށް ޕީޕީއެމްގެ ތަރުޖަމާން އަދި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޢަލީ ޢާރިފް މިހެން ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުންނެވެ.  

މަޖިލީހުގެ އިންތިޚާބު ކައިރިވެފައިވަނިކޮށް ޔާމީން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ބޭނުމެއްގައިކަން ތުހުމަތުކުރައްވަމުން ޢާރިފް ވިދާޅުވީ، ޔާމީންގެ މައްޗަށް ކުރައް ވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އެގޮތުން މި މައްސަލައާއި ގުޅޭގޮތުން ސުވާލުކުރުމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއައަށް ޙާޒިރު ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިސާމް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާ މަޖިލީހަށް ހުށަހަޅާފައިވާކަމަށް އާރިފް ވިދާޅުވިއެވެ.

“އޭސީސީ ރިޕޯޓްގައި 155 މީހުންގެ ވާހަކަ އޮތްއިރު އެންމެ މީހަކަށް މި ދައުވާކުރަނީ. ކޮބައިތޯ ދެންތިބި މީހުން. އެ އެންމެން ހައްޔަރުކުރަންވީނުންތޯ؟ އަދި މިއީ މަދަނީ މައްސަލައެއް. ޖިނާއީ މައްސަލައެއް ނޫން.” ޢަލީ އާރިފް ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމާއި ޕީއެންސީން ވަނީ ޔާމީނާއި މެދު ކޮމިޝަނަރ އޮފް ޕޮލިސް ޒާތީ ގޮތްތަކެއް ގެންގުޅޭ ކަމަށް ތުހުމަތުކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close