ޚަބަރު

ވިލިމާލެ ( ވިލިގިނލި ) ސަހާރަގައި މީހުން ވަޅުލާން ނިންމައިފި

ދެއަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ވިލިގިލި (ވިލިމާލެ) ސަހަރާގައި އަލުން މީހުން ވަޅުލާގޮތަށް މާލޭ ސިޓީކައުންސިލުން ހަމަޖައްސަވައިފިއެވެ.

ސަހަރާ ސާފުކޮށް ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަމަށް ސިޓީކައުންސިލުންބުނެއެވެ. ސިޓީކައުންސިލުންބުނީ ދެ އަހަރާއި ބައި ވަންދެން އެތަން ސާފުނުކޮށް އޮތުމަށްފަހު ، ސާފުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލްގެ އެއްބާރުލެއްވުމާއެކު ވިލީގިލީގައި އުޅޭ ހެޔޮއެދޭ ފަރާތްތަކުން ކަމަށް މާލޭސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ދެ އަހަރާއި ބައިވަންދެން ވިލިގިލީ ސަހަރާ ސާފުނުކޮށްއޮތީ ކީއްވެ ކަމެއް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. ރައީސް ޔާމީންގެ ސަރުކާރުންވަނީ ސިޓީ ކައުންސިލުން ގިނަބާރުތަކެއް ވަކިކުރައްވައިފައެވެ. އޭގެތެރޭގައި މިސްކިތްތަކާއި ސަހަރާތައް ބެލެހެއްޓުން ވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

އިސްލާމިކް މިނިސްޓްރީން މިހާރުވަނީ މާލޭސިޓީގެ މިސްކިތްތަކާއި، ސަހަރާތަކާއި މޯޗަރީތައް ބެލެހެއްޓުން ރަސްމީގޮތުން މާލެ ސިޓީ ކައުންސިލާ ޙަވާލު ކުރައްވައިފައެވެ.

އެ ސަހަރާގައި މީހުން ވަޅުލަން ފަށާނީ ހިނަވާގެ ސާފުކޮށް މަރާމާތު ކުރުމަށްފަހު ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close