ޚަބަރު

މާރޗް 10 ގެ ފަހުން ބުރިޖްމަތިން ދުއްވޭނީ ހެލްމެޓް އަޅައިގެން – ޓްރާންސްޕޯޓް

އަންނަ މާޗްމަހުގެ 10 ވަނަދުވަހުން ފެށިގެން ބްރިޖްމަތީގައި ސައިކަލް ދުއްވާ މީހުން ހެލްމެޓް އަޅާށާއި ޓެކްސީ ތަކުގައި މީޓަރު ހަރުކުރުމަށް މަޖުބޫރުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފެރެންސެއްގައި ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު ޢާއިޝަތު ނަހުލާ ވިދާޅުވީ ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމަށްޓަކައި ބްރިޖް މަތީގައި ދުއްވާ ފަރާތްތައް ހެލްމެޓް ބޭނުންކުރަން މަޖުބޫރުކުރަން ނިންމަވާފައިވާކަމަށެވެ.

ޓެކްސީތަކުގެ އަގުތަކާއި ޚިދުމަތްތަކާއި ބެހޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ރައްޔިތުންގެ ޚިޔާލު ހޯދަމުން އަންނައިރު މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓްރީން ވަނީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށް ނިންމާފައެވެ. މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ޓެކްސީ ޚިދުމަތުގައި ދިމާވާ ދަތިތަކާއި ޚިދުމަތް ހޯދުމުގައި ޢާންމުންނަށް ގިނަ ދަތިތަކެއް ކުރިމަތިވަމުންދާތީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށް ނިންމާފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާގޮތަށް ބަދަލުކުރަނީ އެޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކާއި ޚިދުމަތް ހޯދުމުގައި ޢާއްމުންނަށް ދިމާވާ ދަތިތަކަށް ބެލުމަށްފަހު ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close