ޚަބަރު

ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލަ އަލުން ތަޙްޤީގު ކުރިޔަސް އިތުރު ނަތީޖާއެއް ނުނިކުންނާނެ- އުމަރު ނަޞީރު

ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލަ މިސަރުކާރުން އަލުން ތަޙްޤީޤު ކުރިޔަސް އިތުރު ނަތީޖާއެއް އެއިން ނުނުކުންނާނެކަމަށާއި، ތަޙްޤީޤު ކުރާނަމަ އެކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ކުރީގެ ސަރުކާރުން އުފެއްދެވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯ ޗެއާ އަދި އޭރުގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މިހެންވިދާޅުވެފައިވަނީ ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚައްސަ އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގެ ޚުލާޞާވަނީ ޕީއެސްއެމް ނިއުސް އޮންލައިން ވެބްސައިޓްގައި ގެނެސްދީފައެވެ.

28 ސެޕްޓެމްބަރު 2015 ގައި ރިޔާސީ ލޯންޗު “ފިނިފެންމާ” ގައި އެއްޗެއް ގޮވި ހާދިސާއާ ގުޅުވައިގެން މިހާރު ފެންމަތިވެގެންއުޅޭ ވާހަކަތަކާއި ގުޅިގެން އުމަރު ނަސީރު ވިދާޅުވީ، ފިނިފެންމާ ލޯންޗްގެ ހާދިސާގެ ވީޑިއޯއާ ގުޅުވައިގެން މިހާރު ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާއި ގުޅިގެން ކޮންމެ ފަދަ ވާހަކައެއް ހަދަހަދައިގެން ދެއްކިނަމަވެސް އެމައްސަލަ ތަޙްޤީގުރުމުގައި އިސްކޮށް ހުރި މީހެއްގެ ހައިސިއްޔަތުން އެއްވެސް ޖެހިލުމެއް ނުވާކަމަށެވެ. އުމަރު ވިދާޅުވީ ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލި މައްސަލަ ތަޙްޤީގު ކުރީ އެމެރިކާ ހިމެނޭހެން 4 ޤައުމެއް ގުޅިގެންކަމަށާއި، އެޓީމުން ތަޙްޤީގުގައި އެނަލައިޒްކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސަށް ޚައްސަކޮށް ހުންނަ ކެމެރާމަނު ނަގާފައިވާ ވީޑިއޯ ފުޓޭޖްކަމަށެވެ. އަދި މިމައްސަލައިގައި ބޭނުންކުރި ހުރިހައި ހެއްކަކީވެސް ކަނޑައެޅިގެން ރަނގަޅު ހެކިތައްކަން އުމަރު ފާހަގަކުރެއްވިކަމަށް ޕީއެސްއެމްނިއުސްގައި ވެއެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި މަންޒަރުފެންނަ ވީޑިއޯއާ ގުޅޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، އެމައްސަލަ ބެލުމާމެދު ޕްރޮސެކިއުޓަރ ޖެނެރަލާ މަޝްވަރާކުރައްވާނެކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެފައިވާއިރު، މިމައްސަލަ ބެއްލެވުމަށް އޭރު ރައީސް ޔާމީނު އުފެއްދެވި އިންކުއެރީ ކޮމިޝަންގައި އެންމެ އިސްކޮށްއުޅުއްވި ބޭފުޅާ އަދި އޭރުގެ ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވީ މިމައްސަލަ ތަޙްޤީގުކުރީ ރަނގަޅަށް ނޫންކަމަށް މިސަރުކާރަށް ޤަބޫލު ކުރެވޭނަމަ އަނެއްކާވެސް އަލުން ތަޙްޤީގުކުރަންވީކަމަށާއި، އެކަމަށް މަރުހަބާ ވިދާޅުވާނެކަމަށެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި މައްސަލައިގެ ހަޤީގަތް ތަޙްޤީގުކޮށް ޝަރީޢަތަށް ފޮނުވުމުގައި އެއްވެސް އޮޅުވާލުމެއް ނުވަތަ ފޮރުވުމެއް ނޯންނާނެކަން ފާހަޤަކުރައްވަމުން އުމަރު ނަސީރު ވިދާޅުވިކަމަށް އެނޫހުގައިވަނީ އެމެރިކާގެ އެފް.ބީ.އައި އާއި ސަޢުދީ ޢަރަބިއްޔާ އާއި ސްރީލަންކާގެ ފޮރިންސިކް ޓީމްތަކުން އައިސް ހިންގި މަލްޓިނޭޝަނަލް ތަޙްޤީގުގައި އެގޮވުމާބެހޭ ހުރިހާކަމެއް ތަޙްޤީގުކުރިކަމަށެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލަން ބޭނުންކޮށްފައި ހުރީ ސިފައިންގެ ބަޑި ގުދަނުގައި ހުރި އެންމެ ބާރުގަދަ އެކްސްޕްލޯސިވް ކަމަށާއި، މިފަދަ ބާރުގަދަ އެކްސްޕްލޯސިވްއެއްގައި އަލިފާން ފެންނާނީ “ކަންޏެއް” ގޮތަށް ސިކުންތެއްގެ ދިހަ ބައިކުޅަ އެއްބައިގައި ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

އެހާދިސާ ހިނގާދިޔައިރު އަލިފާނުގެ އެއްވެސް އަސަރެއް ފެންނަން ނެތްކަމަށާއި، ފުލުހުންނަށް ދިން ބަޔާނުގައިވެސް އެގޮތަށް ބަޔާންކޮށްފައިވާނެކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ކުރީގެ ތަރުމާނު އިބްރާހީމް މުޢާޒް ދެއްކެވި ވާހަކަތަކާއި، ރިޔާސީ ލޯންޗުކޮޅު، “ފިނިފެންމާ”ގައި ގޮވި ގޮވުމުގެ ތެރެއިން އަލިފާން ނުފެންނަ ވީޑިޔޯ އެއް، މީޑިއާއިން އާންމުކުރި ކުރުމާ ގުޅޭގޮތުން އުމަރު ނަސީރު ވިދާޅުވީ، ކަމަށް ޕީއެސްއެމްނިއުސް ނޫހުގައިވަނީ މިދުވަސްވަރު އެފަދަ ވާހަކަތައް ފަތުރަމުންދަނީ، ފިނިފެންމާ ލޯންޗްކޮޅުގައި އެކްސްޕްލޯސިވްއެއް ގޮއްވާލީ އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު ނޫންކަމަށް ދެއްކުމަށް ކަމަށެވެ. އަދި މިއީ އެމް.އެމް.ޕީއާރު.ސީގެ ޚިޔާނާތުގެ ފައިސާ އެކި މީހުންނަށް ދީގެން އަޙްމަދު އަދީބު ކުށުން ބަރިއްޔަވުމަށްޓައި ހިންގާ ޕުރޮޕަގެންޑާއެއްކަމަށް އުމަރު ނަސީރުވަނީ ތުހުމަތުކުރައްވާފައެވެ.

އިތުރަށް އުމަރު ވިދާޅުވިކަމަށް އެނޫހުގައިބުނެފައިވަނީ ސިޔާސީ ކުށްވެރިންކަމަށް ޤަބޫލުކުރެވޭ ނުވަތަ ސިޔާސީ ޙުކުމްކުރިކަމަށް މި ސަރުކާރަށް ބެލެވޭ މީހުން ދޫކުރި ނަމަވެސް، އަޙްމަދު އަދީބަކީ ކްރިމިނަލްއެއްކަމަށާއި، އެފަދަ މީހަކު އެއްވެސް ސަރުކާރަކުން ދޫނުކުރައްވާނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close