ޚަބަރު

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސްރީލަންކާގެ މުހިންމުކަން ބޮޑު – ރައީސް ޞާލިޙު

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސްރީލަންކާގެ މުހިންމުކަން ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މޭޖާ ޖެނެރަލް ރިޓަޔާޑް، ތޮރަޑެނިޔައާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ރާއްޖެއާއި ސްރިލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރިތާ 54 އަހަރު ފުރުނުއިރު، ތަރައްޤީގެ ގޮތުން ރާއްޖެ ކުރިއަރާ ދިއުމަށް ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމިއޮތުން މުހިންމު ކަމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް ސްރީލަންކާ ސަރުކާރުގެ އިތުރުން އެކިއެކި ބޭނުން ތަކުގައި ރާއްޖޭގައި ދިރިއުޅެމުން އަންނަ ސްރީލަންކާގެ އެތަކެއް ހާސް ރައްޔިތުންގެ ދައުރުވެސް މުހިންމުކަމަށެވެ.

މި ބައްދަލުވުމުގައި ސްރީލަންކާ ސަފީރާ ޙަވާލާދީ ރައީސް އޮފީހުން ވިދާޅުވީ އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ވަޒީފާ އަދާކޮށް ދިރިއުޅުން ބިނާ ކުރުމަށް ރާއްޖެއަކީ ވަރަށް މަޝްހޫރު ތަނަކަށް ވެފައިވާ ކަމަށެވެ. އަދި ރައީސް ޞާލިޙު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދިވެހި ރައްޔިތުންގެ އަޒުމް ވަރުގަދަކަން ހާމަވެފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close