ޚަބަރު

ކުރިއަށް އޮތް ދައުރަށް މީޑިއާ ކައުންސިލަށް މެމްބަރުން އިންތިހާބުކޮށްފި

ކުރިއަށް އޮތް 2 އަހަރުދުވަހުގެ އާދައުރަށް މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)އަށް މެމްބަރުން އިންތިހާބުކޮށްފިއެވެ. މީޑިއާ ކައުންސިލަށް މެމްބަރުންހޮވުމަށް މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި އިންތިހާބުގައި 96 މީޑިއާއަކުން ވޯޓްލާފައިވެއެވެ.

މީޑިއާތަކުން ހޮވުނު މެމްބަރުން:

1- އަޙްމަދު އާޒިފް (ސަން އޮންލައިން) 89 ވޯޓު

2- ޝިފްޒާ މުޞްޠަފާ (ވީޓީވީ) 86 ވޯޓު

3- އަޙްމަދު ޖަދުވާން (ޕީއެސްއެމް) 85 ވޯޓު

4- އަޒްމީ އަލީ (މިދުވަސް އޮންލައިން) 82 ވޯޓު

5- ހިދާޔަތުﷲ (ހަފްތާ) 80 ވޯޓު

6- އަލީ އަހްސަން (ދި އިސްލާމް) 73 ވޯޓު

7- އަލީ ރިފްޝާން (ފެންވަރު އޮންލައިން) 70 ވޯޓު

އާއްމުންގެ ތެރެއިން ހޮވުނު މެމްބަރުން:

1- ޢަބުދުއްލަޠީފް އަޙްމަދު (ދަފްތަރު ނަންބަރު 2345 މާލެ) 79 ވޯޓު

2- ޙިސާން ޙަސަން (މ. ރާޅުވެލި، މާލެ) 73 ވޯޓު

3- އަޙްމަދު އަމީން މުޙައްމަދު (ރިހިދޯދި، ގދ. ފިޔޯރީ) 72 ވޯޓު

4- ފާތުމަތު ސައުޒަން ޙުސައިން (ދަފްތަރު ނަމްބަރު 8840) 70 ވޯޓު

5- ޢާޠިފް ޢަބްދުލްޙަކީމް (ދަފްތަރު ނަމްބަރު 9940 މާލެ) 67 ވޯޓު

6- ރިފާޢަތު ރަޝީދު (ވާދީއާގެ، ގއ. ވިލިނގިލި) 64 ވޯޓު

7- ޝީރީން ނާހިދާ ލަޠީފު (ގ. ނޫމަރާވިލާ، މާލެ) 60 ވޯޓު

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާތަކުން 8 މެމްބަރުންނާއި އާއްމުންގެ ތެރެއިން 7 މެމްބަރުން އެކުލެވޭގޮތަށް ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ. އެމްއެމްސީގެ ދައުރަކީ ދެ އަހަރު ދުވަހެވެ. މީޑިއާ ކައުންސިލްގައި ހިމެނޭ 15 މެމްބަރުންގެ ތެރެއިން 14 މެމްބަރެއްގެ ދައުރު މިމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށްވަނީ ހަމަވެފައެވެ. ދައުރު ހަމަނުވަނީ ރާއްޖެ ޓީވީގެ އަލީ ޔޫސުފްއެވެ. އޭނާގެ ދައުރު ހަމަވެފައިނުވަނީ އެނާ މިދިޔަ އަހަރު ކައުންސިލަށް އިންތިހާބުކުރުމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close