ކުޅިވަރު

ރަނައަޕް ލަންދޫ ބަލިކޮށް ހޮޅުދޫ ސެމީއަށް

ނިމިދިޔަ އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ރަނައަޕްޓީމް ކަމުގެ މަޤާމްހޯދި ލަންދޫ ބަލިކޮށް މިހާރު ކުރިއަށްދާ މިއަހަރުގެ ޝިޔާމް- މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީގެ ޖާގައެއް ހޮޅުދޫއިން ހޯދައިފިއެވެ.

ހޮޅުދޫ ޓީމުން ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ އިއްޔެ ހަވީރު ނ.ކެނދިކުޅުދޫގައި ލަންދޫ އާއި ދެކޮޅަށް ކުޅުނު މެޗު 1ލަނޑު 0 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. އެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލް ފެނިގެން ގޮސްފައިވަނީ ފަހު ހާފުގެ ކުޅުންފެށި ފުރަތަމަ މިނިޓްގައި ހޮޅުދޫ ޓީމުގެ ޖާޒީނަމްބަރ 22 ހަސަން ހަލީމުގެ ފަރާތުންނެވެ. އެ މެޗުގައިވެސް ލަންދޫ ޓީމުގެ ފަރާތުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމަށް ހޮޅުދޫޓީމުގެ ގޯލަށް މާގިނަ ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ.

އެމެޗްގެ ނަތީޖާ ނިކުތް ގޮތުން މި ގްރޫޕްގައި ހިމެނޭ 4 ޓީމުގެ ތެރެއިން ވެލިދޫ ފިޔަވާ ދެންހިމެނޭ  ލަންދޫ، މާފަރު އަދި ކުޑަފަރީއަށްވެސް ސެމީއަށް ދިއުމުގެ ފުރުޞަތު ތަނަވަސް ވެގެން ދިޔައީއެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިފަހަރުގެ މުބާރާތުގައި ހޮޅުދޫޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން އެޓީމުގައި ލީޑަރޝިޕް ދައްކަމުން މޮޅުކުޅުމެއް ކުޅެމުން އަންނަ ޖާޒީނަމްބަރ 10 އިބުރާޙިމް ރަޝީދު (ކަކާ) އެވެ.

މިއަދު ކުޅެވޭ މިމުބާރާތުގެ 20 ވަނަ މެޗުގައި  ބައްދަލުކުރާނީ ގްރޫޕް ބީ ގެދެޓީމު ކަމަށްވާ މާފަރާއި ކުޑަފަރީއެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަމަ ހަވީރު 3.45 ގައެވެ.                      

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close