ޚަބަރު

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކޮށްފ

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށާއި،ނޫސްވެރިކަމުގެ އިނާމު ދިނުމަށް ޚާއްޞަޖަލްސާއެއް ރޭ ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައގެންނެވި މި ޙަފްލާގައި ވަނީ ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރެއްވި އެކި ފަރާތްތަކަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަރުވާފައެވެ. ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބުނު ފަރާތްތަކަށް ޝަރަފުގެ އަލިމަސް ގަލަން އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެގޮތުން ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމާށާއި، ޑރ. މުޙައްމަދު ޒާހިރު ހުސެއިނަށާއި، އައްބާސް އިބްރާހިމަށާއި، ސީނާ އަޙްމަދު ޒާހިރަށާއި، އަލްއުސްތާޛް އިބްރާހިމް ރަޝީދު މޫސާއަށާއި، ކޮޕީ މުހައްމަދު ރަޝީދުގެ އިތުރުން އަބްދުﷲ ފާރޫޤް ޙަސަން ނޫސްވެރިކަން ކުރިއަރުވައި އެދާއިރާއިން ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް ނޫސްވެރިކަމުގެ ޝަރަފްގެ އަލިމަސް ގަލަން ވަނީ އަރުވާފައެވެ.

ނޫސްވެރިކަމުގެ ދާއިރާއިންދޭ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ނުވަތަ “ހަޔާތީ އަރުތައިގެ އެވޯޑް” ލިބިލެއްވީ ދިވެހި ބަހުގެ އުސްތާޛް އަލްފާޟިލް ޢަބްދުﷲ ޞާދިޤް (ސޯދުބެ) އަށެވެ. ޢަބްދުﷲ ޞާދިޤަށް މި އެވޯޑް އަރުވާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ.

ޢަބްދުﷲ ޞާދިޤަކީ މަދުރަސީ ދައުރުންފެށިގެން ނޫސްވެރިކަމާއި، ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ނޫސްވެރިކަމުގެ އަމަލީ މައިދާނަށް އަބްދުﷲ ޞާދިޤް ނުކުމެވަޑައިގެންފައިވަނީ ސަރުކާރުގެ ޗާޕްޚާނާ ހިންގި ދުވަސްވަރުއެވެ. އެއަށްފަހު ޢަބްދުﷲ ޞާދިޤްވަނީ ރާއްޖޭގެ ގިނަ ނޫސްތަކާ މަޖައްލާތަކަށް ލިޔުއްވާފައެވެ. އެގޮތުން 2016 ވަނަ އަހަރު ހަވީރު ނޫސް ހުއްޓާލަންދެންވެސް އޭނާވަނީ އެނޫހަށް ލިޔުއްވާފައެވެ.

ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާ ބެހޭ ގޮތުން ލިޔުއްވި ބަހުގެ ހަމައިގެ އަތްމަތީ ފޮތާއި އެކިއެކި މަޒުމޫނުތަކާއި ވާހަކަފޮތާއި ސަމާސާ އަދަބާއި ދިވެހިބަސް ކިޔަވައިދިނުމަށާއި ޅެންވެރިކަން ދަސްކޮށްދޭ ބަޔަކަށް ބޭނުންވާނޭ ގިނަގުނަ އެހީތަކެއް ޢަބްދުﷲ ޞާދިޤްވަނީ ވަނީ މުޖުތަމައަށް ދޫކުރައްވައިފައެވެ. މީގެއިތުރުން ޞާދިޤުވަނީ އެކި ދާއިރާތަކުން ގިނަ ޢަދަދެއްގެ ފޮތް ލިޔުއްވައި ޝާޢިޢުކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close