ޚަބަރު

ޕެޓްރޯލާއި ޑީސަލް 24 ގަޑިއިރު ވިއްކޭގޮތަށް ހަދައިފި

ޕެޓްރޯލާއި ޑީސަލް ވިއްކާތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭ ގޮތަށް އިމްޕޯޓު މުދަލުގެ ވިޔަފާރިކުރުމުގެ ގަވައިދަށް އިސްލާހު ގެނެސް، މިއަދު ގެޒެޓްކޮށްފި އެވެ.

މީގެކުރިން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 އިން ފެށިގެން ރޭގަނޑު 12 ޖަހަން ދެންނެވެ. ނަމަވެސް، ގަވާއިދަށް މިއަދު ގެނައި އިސްލާހާއެކު ސަރުކާރުގެ ހުއްދަ ލިބިގެން ހިންގާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭނެ އެވެ.

ޕެޓްރޯލާއި ޑީސަލް 24 ގަޑިއިރު ވިއްކޭ ގޮތަށް ގަވާއިދު އިސްލާހު ކުރިއިރު، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ވެސް 24 ގަޑިއިރު ހިދުމަތް ދެވޭގޮތަށް، ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް ދަނީ ހިޔާލު ހޯދަމުންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close