ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް (ޕްރެޒިޑެންޝަލް އެފެއާޒް) ގެ މަގާމުގައި ހުންނެވި އަލީ އާރިފް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
އަލީ އާރިފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ސިޔާސީ މަގާމުތަކަށް އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަމާއި، ޕީޕީއެމްގެ ތަރުޖަމާނުކަމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައެވެ.
ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި އަލީ އާރިފް އިސްތިއުފާ ދެއްވާފައި މިވަނީ، ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

