ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ވޯޓު ލައްވައިފި، އެދިވަޑައިގެންނެވީ ރައްޔިތުންވެސް ޤަނޫނީ ހައްޤު އަދާކުރެއްވުމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ޢާންމު ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވައިފިއެވެ.

ތާޖުއްދީން ސްކޫލުގައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓު ދެއްވުމަށްފަހު، ރައީސް ވަނީ ރައްޔިތުންގެ ޤާނޫނީ ޙައްޤު އަދާކުރުމަށް ހުރިހާ ރައްޔިތުންވެސް ނުކުމެ ވޯޓުލުމަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު ހެނދުނު 8:00 ގައި ފެށުނު މި އިންތިޚާބުތަކުގައި ޖުމްލަ 299,876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާއިރު، މީގެ ތެރޭގައި 144,506 އަންހެނުންނާއި 150,370 ފިރިހެނުން ހިމެނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި 1,592 ކެނޑިޑޭޓުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 1,368 ކެންޑިޑޭޓުން ވާދަކުރަމުންދާއިރު، މި އިންތިޚާބުތަކުގައި ޖުމްލަ 1,356 މަޤާމަކަށް މީހުން އިންތިޚާބު ކުރެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބުތަކަށްޓަކައި ޖުމްލަ 888,845 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ. އޭގެ ތެރޭގައި ކައުންސިލް އިންތިޚާބަށް 297,959 ކަރުދާހާއި، އަންހެނުންގެ ކޮމިޓީތަކަށް 292,706 ކަރުދާހުގެ އިތުރުން، އިންތިޚާބުތައް އެއްކޮށްލުމާ މެދު ގޮތެއް ނިންމުމަށް ބާއްވާ ހިޔާލު ހޯދުމުގެ ވޯޓަށް 298,180 ވޯޓު ކަރުދާސް ހިމެނެއެވެ. ރައީސް ވޯޓުލެއްވުމަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އަރިހުގައި ދަރިކަނބަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close