ޚަބަރު

ސޯލާ ފެރީގެ އަޖުމަބެލުމުގެ ދަތުރުތައް ވަރަށް އަވަހަށް ފަށަނީ

ތިމާވެށްޓާ ރައްޓެހި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދުއްވާ ސޯލާ ފެރީ ރާއްޖެ ގެނެސް، އޭގެ އަޖުމަބެލުމުގެ ދަތުރުތައް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ލާމު އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ފެރީތަކަކީ ތެލަށް ކުރާ ހޭދަ ކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ބޭނުންކުރާ ހައިސްޕީޑް ފެރީތަކުގެ އިތުރުން، ސޯލާ ފެރީގެ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ޚާއްޞަކޮށް ކައިރި ރަށްރަށަށް ދަތުރުފަތުރު ކުރުމަށް މި ނިޒާމު ބައްޓަންކުރެވޭނެ ކަމަށާއި، ރާއްޖޭގެ ބައެއް ހިސާބުތަކުގައި މި ފެރީގެ އަޖުމަބެލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭރުގެ ކުންފުންޏަކުން ބަންނަ މި “އެޕޯލޯ” ސޯލާ ފެރީއަކީ 75 މީހުންގެ ޖާގައާއެކު، ކަނޑުގަދަ ވަގުތުތަކުގައިވެސް ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. މި ފެރީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކާއި އިލެކްޓްރިކް މޯޓަރުގެ އެހީގައި ދަތުރުކުރާއިރު، މީގެ ސަބަބުން އުޅަނދު މަރާމާތުކުރަންޖެހޭ މިންވަރު މަދުވެ، ޚަރަދު ކުޑަވެގެންދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close