ޚަބަރު

އަމާޒަކީ ހަރުދަނާ، ޚިދުމަތްތެރީން އުފައްދާ ތަނަކަށް ފުލުހުންވުން: ރައީސް

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ދިވެހި ފުލުހުންގެ މުއައްސަސާއަކީ ހަރުދަނާ ދަރިންތަކެއް ތިބި، ގައުމަށް ބޭނުންތެރި ހިދުމަތްތެރިން އުފައްދާ ތަނަކަށްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ  ގައުމަށްޓަކައި ރެޔާއިދުވާލު މަސައްކަތްކުރާ “ނޫ ލަޝްކަރު”ގެ ހިދުމަތްތެރިންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ޝުކުރާއި ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ބަޔާންކުރެއްވީ، ރާއްޖޭގެ އަމާންކަމާއި އިތުބާރު ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާދާރު އަދި ގާބިލު ބަޔެއްގެ ގޮތުގައި ދެމިތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ދޭސީންނާއި ބިދޭސީންނަށްވެސް ރާއްޖެއަކީ ހިތްފަސޭހަ ތަނެއްގެ ގޮތުގައި އިހުސާސްކޮށްދިނުމުގައި ފުލުހުންގެ ދައުރު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން މިހާރުވެސް ދަނީ ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް އާ މަރުކަޒުތައް ބިނާކުރުމާއި، ފުލުހުންނަށް ދެވޭ ތަމްރީނުތައް ފުޅާކޮށް ހިދުމަތުގެ ފެންވަރު މަތިކުރުން ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close