ޚަބަރު

ޢާއިލީ ބޯހިޔާވަހިކަން: ޕްރޮގްރާމުގެ ދަށުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މި ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހިންގާ “ޢާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުން ދޫކުރާ ފުލެޓާއި ބިމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިން އިން މިއަދު ހުޅުވާލާފިއެވެ.

މި ސްކީމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ. މިކަމާ ގުޅޭ އުސޫލުތަކާއި ޝަރުތުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެއިން ޖުމްލަ 7,900 ފުލެޓާއި، 1,250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފުލެޓުތައް ދޫކުރުމަށް 15 ކެޓަގަރީއެއް ކަނޑައަޅާފައިވާއިރު، މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް ޚާއްޞަ 4,000 ފުލެޓާއި، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ ފަރާތްތަކަށް ޚާއްޞަ 1,500 ފުލެޓު ހިމެނެއެވެ.

މާލޭގެ ރަށްވެހިންނަށް ކަނޑައެޅި 4,000 ފުލެޓު ބަހާލާފައިވަނީ މާލޭގެ ގޭގޭގެ ރަޖިސްޓަރީގައި ތިބި ފަރާތްތަކަށް 2,200 ފުލެޓު، ވިލިމާލޭގެ ރަޖިސްޓަރީގައި ތިބި ފަރާތްތަކަށް 300 ފުލެޓު، ދަފްތަރުގައި ތިބި ފަރާތްތަކަށް 1,000 ފުލެޓު، އަދި ފަހުން މާލޭގެ ރަޖިސްޓަރީގައި ހިމެނުނު ފަރާތްތަކަށް 500 ފުލެޓު ލިބޭނެ ގޮތަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން މި މަޝްރޫޢު ކުރިއަށް މި ގެންދަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close