ގެއްލިގެން ހޯދި އައްސަދު އަމިއްލައަށް ގެއަށް އަތުވެއްޖެ

ހުވަދު އަތޮޅު އުތުރުބުރީ ވިލިގިލިން ގެއްލިގެން ހޯދަމުންދިޔަ އަސްއަދު ފެނިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޯދަމުން ގޮސްފައިވަނީ އެ ރަށު ރަތްވިލާގެ އައްސަދު އަހުމަދެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ފެނިފައިވަނީ އަމިއްލައަށް ރޭ ދަންވަރު ގެއަށް ދިއުމުން ކަމުގައެވެ. އެހެންނަމަވެސް ވީނުވީއެއް ނޭގި އޭނާ ގެއްލުނީ ކޮން ސަބަބަކާހެދި ކަމެއް ސާފެއް ނުވެއެވެ. އޭނާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:10 ގައެވެ.
އޭނާގެ ހާލު ރަގަޅުކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އަސްއަދު ގެއްލިގެން އޭނާ ވީތަނެއް ހޯދުމަށް އޭނާގެ ފޯނުގެ ލޮކޭޝަންވެސް ޓްރެކް ކޮށްފައި ވެއެވެ.
އަސްއަދުއަކީ އަމިއްލަ ވިޔަފާރި ކުރާ ޒުވާނެކެވެ.

