އީދު ބަންދަށް ފަހު ސުކޫލުތައް ހުޅުވޭނީ އެޕްރީލް 24 ގައި
ފިތުރު އީދު ބަންދަށް ފަހު ސުކޫލުތައް ހުޅުވޭ ތާރީޚަކީ މިހިނގާ އެޕްރީލް މަހުގެ 24 ކަމުގައި އެޑިއުކޭޝަން މިނިސްޓްރީއިން ހަމަޖައްސަވައިފިއެވެ.
މިކަން އިއުލާނުކުރީ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ރިވައިޒްކޮށް ޝާއިއު ކޮށްފައިވާ އެކަޑަމިކް ކަލަންޑަރުގަ އެވެ.
ރިވައިޒް ކުރުމުގެ ކުރިން އޮތް ގޮތުން ނަމަ އެ ހަފްތާގެ އާދިއްތަ އަދި ހޯމަވެސް އޮތީ ބަންދު ދުވަހެއްގެ ގޮތުގައެވެ. އެގޮތުން އީދު ބަންދަށް ފަހު ކިޔެވުން ފަށާ ގޮތަށް ކުރިން ނިންމާފައި އޮތީ 25 ވާ އަންގާރަ ދުވަހުއެވެ.
މިއަހަރުގެ ފިތުރު އީދު ދުވަހެއް ކަމަށް ކަލަންޑަރުގައި ބުނެފައިވަނީ މިމަހުގެ 21 ވަނަ ދުވަހެއެވެ.


