ކުޅިވަރު

ލިވަޕޫލް ކަޓުވާލައި ރެއާލް ކުއާޓާއަށް، ދަތުރު ކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެ ވަނަ ލެގުގައި ވެސް ލިވަޕޫލް އަތުން މޮޅުވެ، ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަހޯދައިފިއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު 0-1 ގެ ނަތީޖާއިން ރެއާލް ކާމިޔާބުކުރި އިރު، މި ދޭޓިމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ވެސް ރެއާލް އިން ވަނީ 2-5 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ރެއާލް ޖާގަ މި ހޯދީ 2-6 ގެ އެގްރިގޭޓް ނަތީޖާއިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުންވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު، ދެޓީމުން ވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ލިވަޕޫލުން ނުރައްކާތެރި ދެ ހަމަލާއެއް ރެއާލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލިއިރު، އެ ޓީމުގެ ކޯޑީ ގަކްޕޯ އާއި ޑާވިން ނޫނޭޒްގެ މި ހަމަލާތަކުގެ ހުރަހަކަށް ވީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާއެވެ. ރެއާލްގެ ވިނީޝިއުސް ޖޫނިއާ އާއި ޓޯނީ ކްރޫސް ފޮނުވާލި ހަމަލާތައް ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ހުއްޓުވާފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ރެއާލުން ޖަހާ މެޗުގެ ލީޑު ނެގީ ދެ ވަނަ ހާފުގައެވެ. ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ރެއާލް އަށް މެޗުގެ ލީޑުނަގައިދިން މި ލަނޑު ޖަހައިދިނީ ކަރީމް ބެންޒެމާއެވެ. މިއީ، ލިވަޕޫލް އޭރިއާތެރެއިން ވިނީޝިއުސް ޖޫނިއާ ޖައްސާލި ބޯޅައަކުން، ބެންޒެމާ ޖެހި ލަނޑެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close