މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފި
މާލޭގައި މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައ ގްރޫޕަކުން އައިސް ވަޅިން ހަމަލާ ދިނީ ޣިޔާސުއްދީން ސްކޫލް ކައިރީ ހުރި މީހަކަށެވެ.
މަންޒަރުދުއް މީހަކާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީހެއްގެ ގަޔަށް ވަޅި ޖަހާފައި ވަނީ ޣިޔާސުއްދީން ސްކޫލް ކުރިމަތީގައި ހުންނަ ކުޅޭ އެއްޗެހި ވިއްކާ ފިހާރަ ކައިރީގައި އޭނާ ހުއްޓާ ދެސައިކަލެއްގައި އައި ހަތަރު މީހަކު ވެގެން ކަމަށެވެ. ހެލްމެޓް އަޅައިގެން ތިބި ހަތަރު މީހުންގެ ގްރޫޕުން އައިސް އެސަރަހައްދުގައި ހުރި މީހެއްގެ ބުރަކައްޓަށް ވަޅިން ހަމަލާ ދިނުމަށް ފަހު ސައިކަލްތަކުގައި ތިބި މީހުން ވަނީ ފިލާފައެވެ.
އެސަރަހައްދުގައި އޮތް ކާރެއްގައި އަނިޔާވި މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޒަހަމްވި މީހާގެ ހާލަތު އަދި ކަށަވަރެއް ނުވެއެވެ.
މާލޭގައި ވައްކަމާއި މާރާމާރީއާއި ތޫނު އެއްޗިހިން ހަމަލާދިނުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެއެވެ.

