ވާހަކަ

ކުރުވާހަކަ: ކަރުނައިގެ ކޯރު

މުޙައްމަދު އަރުހަމް އަބޫބަކުރު

އެއީވެސް ހަމަ މިފަދަ ދުވަހެކެވެ. މޫސުން ރީތި ދުވަހެކެވެ. ވައި ޖެހޭލެއް މަޑެވެ. ކަނޑުވެސް ގަދައެއް ނޫނެވެ. މޫސުމީ ގޮތުން އެ ދުވަހާ އެއްގޮތްކަމެއް ހުއްޓަސް، މީގެ 3 އަހަރު ކުރިން ”ނިޔާމަ” ބޯޓުގައި މާލެ ދާން ފުރި ދުވަހު، ސަނާއަށް ކުރެވުނު އިހުސާސް، މިއަދު އޭނާއަށް އެ ކުރެވޭ އިހުސާސާ ވަރަށް ތަފާތެވެ. އުފަން ރަށާއި މައިންބަފައިން ދޫކޮށް، އެ ދުވަހު ދަތުރަށް ފުރީ ފުރާހިތަކުން ނޫނެވެ. ނަމަވެސް މިއަދު މާލެއިން، އުފަން ރަށަށް ދާން އެ ފުރަނީ އުފާވެރި ނިމުމެތްވެސް ނެތްހާ އުފާވެގެންނެވެ.

ރަށާ ހަމައަށް ވާސިލްވީ އެދުވަހުގެ މެންދުރަށެވެ. ބަލާއައިސް ހުރީ އޭނާގެ ބޭބެއެވެ. އޭނާގެ ބޭބެގެ މޫނުމަތިން ހިތާމައިގެ ކުލަތަށް ފެނެއެވެ. ނަމަވެސް ހުރީ ހެވިލައިގެންނެވެ. ސަނާއަށް ރަށަށް ފުރަތަމަ ފިޔަވަޅު ނެގުމުން އޭނާއަށް ކުރެވުނީ ބިރުވެރިކަމުގެ އިހުސާސެކެވެ. ހީވީ މިއިނީ ޝައިތާނެތް އައިސް ގައިގައި ހިފާ ފިތާލިހެންނެވެ. ވައިން އަޑެއް އިވުނުހެންވެސް ސަނާއަށް ހީވިއެވެ. ހިތަށް އަންނަ ނުބައި ކުލަކުލައިގެ އިހުސާސް ތަކާއި އޭއްޗެހިތައްވެސް ޖެހުނީ ހިންދާލައި ބޭބެ ކައިރިއަށް ގޮސް ސައިކަލަށް އަރާ ގެއަށްދާން މިސްރާބުޖެހިއެވެ.

ގޭގެ ދޮރުމަށްޗަށް ހުއްޓިލީތަނުން ސައިކަލުން ފައިބައި ދެން އެންމެ ފިޔަވަޅެއްވެސް އޭނާއަކަށް ނުނެގުނެވެ. ގޭތެރެ ވަރަށް ފަޅެވެ. އޭނާއަށް އޭނާގެ ބޯމަށްޗަށް އުޑު ވެއްޓުންފަދައެވެ. އޭނާ ގޭގެ ތެރެއަށް ވަނީ ހިތްހަމަޖެހިގެންނެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

ގޭގެ ސިޓިން ރޫމަށް އޭނާ ވަންތަނާ މޫނުމަތިން އޭނާއަށް އެކަށްޗެތްވެސް ނުފެނަ ވަރަށް އިރުވެސް ނާރާފަދައެވެ. ބިންމަށްޗަށް ސަނާ ވެއްޓުނެވެ.

ސަނާގެ ބޭބެ ގެއަށް ވަންތަނުން ސަނާ ބިމުގައި ނިދާފައި އޮތްފަދައިން ފެނުނެވެ. ސަނާގެ ބޭބެ ވަގުތުން ގުޅީ ހަސަފތާލަށެވެ. އޭރުއެވަގުތުން ވަގުތަށް ހަސްފަތާލުން އެމީހުން އައިސް ސަނާ ނަގައިގެން ގެންދިޔައެވެ.

ހަސްފަތާލުގައި އޭނާގެ ބޭބެ އޭނާގެ ކައިރީގައި މާޔޫސްވެފައި އިނެވެ. އޭނާ ހޭނާއަރާ މާގިނައިރުވާން ފެށުމުން އޭނާގެ ބޭބެ ކޮންޓްރޯލުން ނައްޓައިފިއެވެ. އެތާ ހުރި ނަރުހުންނަށް އިރުއިރުކޯކޮޅުން ގޮވާ ދަމާގެނެސް ސަނާ ހޭއަރުވާށޭ ކިޔާ ހަޅޭލަވަމުން ދިޔައެވެ.

ސަނާގެ ބޭބެ ތިމަންނައަށް ދެން ކެތް ކުރާނީ ކިހިނެތްހެއްޔޭކިޔާ އަހަރެން މަންމައެއް ނެތޭ އަނެއްކާ އަހަރެން ކޮއްކޮ ދުލެއްނުކުރެވޭނޭ ބުނިތަނުން ސަނާ ހޭއެރިއެވެ. ސަނާގެ އަނގައިން ހަމަ  ހޭއެރުމާއެކު އަ..އަ..ހަރެނގެ މަ..ން..މަ ކޮބާ ކިޔާ ހަޅޭލަވައި މުޅިތަން ގުގުމާލިއެވެ. މީގެ 3 މަސްކުރިން ސަނާގެ މަންމަވަނީ މަރުވެގެން ވަޅުލައިފައި ކަމަށް ސަނާއަށް އޭނާ ބޭބެ ކިޔައިދިނެވެ.

ސަނާއަށް މިހަބަރުލިބުމުން ހަތަރު ފަރާތުން އޭނާ ފިއްތާލިހެން ހީއްވިއެވެ. އަހަންނަކަށް އަހަރެން މަންމައާނުލައި ނޫޅެވޭނޭ ގޮވަން ފެށިއެވެ. ސަނާއާއި  އޭނާގެ ބޭބެ މި ފަދައިން ތަސްބީހައެއްހެން ގޮވަމުންދިޔައެވެ. މިހާރުދެން ކުރެވޭނެކަމެއް ނެއްކަމަށް ޑަކުޓަރު ބުނެ ކެތްކުރަން ނަސޭހަތްތެރިވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close