ލައިފްސްޓައިލް

އެޕަލްގެ ބާނީ ސްޓީވް ޖޮބްސްގެ ފައިވާން ނީލަމުގައި ވިއްކާލަނީ

ސްޓީވް ޖޮބްސް ބޭނުންކުރެއްވި ޒަމާންވީ ފައިވާން އޮންލައިން ނީލަމެއްގައި ވިއްކާލަން އިއުލާންކޮށްފިއެވެ.

އެޕަލްގެ ކޯ ފައުންޑަރ، ޗެއާމަން އަދި ކުރީގެ ސީއީއޯ ޖޮބްސް ތައާރަފްކުރި އައިފޯނަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ހޯދާ އެއް ޑިވައިސް އެވެ. އޭނާގެ މަޝްހޫރު ކަމާއި އެއްވަރަށް އޭނާގެ އައިފޯންގެ މަޝްހޫރުކަންވެސް ދަނީ ދުވަހެއްދުވަހަށް އިތުރުވަމުންނެވެ.

2003 ވަނަ އަހަރު ޖޮބްސް އަށް ޕެންކްރިއޭޓިކް ނިއުރޯއެންޑޮކްރައިން ޓިއުމަރެއް ޖެހިފައިވާކަން އެނގުނެވެ. އުމުރުން 56 އަހަރުގައި ޓިއުމަރާ ގުޅުން ހުރި  ސިއްހީ އެތައްމައްސަލަތަކާ ހަނގުރާމަކޮށް އެންމެފަހުން ނޭވާލާ ނިޒާމު ހުއްޓިގެން ދުނިޔެ ދޫކުރީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

ޖޮބްސް އަވަހާރަވީތާ 11 އަހަރުފަހުން ޖޮބްސް ބޭނުންކުރެއްވި ބައެއް ތަކެތި ނީލަން ކިޔާއިރު، އެ އެއްޗެތީ އަގު ކިހާވަރެއްކަން އެނގުމުން ސިހުމެއް ލިބިގެންދާނެއެވެ.

ޖޮބްސްގެ ފައިވާން ނީލަން ކިޔަން ހަމަޖެހިފައިވާއިރު، މި ނީލަން ބާއްވަނީ ޖޫލިއަންސް އޮކްޝަންސް އިންނެވެ. ޖޫލިއަންސް އޮކްޝަންސް އަކީ ކެލިފޯނިއާގެ ކަލްވަރ ސިޓީގައި ހުންނަ ޑެރެން ޖޫލިއަން 2003 ވަނަ އަހަރު އުފެއްދި އަދި މާޓިން ނޯލަން އާއި އެކު ހިންގާ ނީލަން ހައުސްއެކެވެ. އެމީހުން ޚާއްސަވެފައިވަނީ ފިލްމީ ހަނދާނީ ތަކެތި، މިއުޒިކް ހަނދާނީ ތަކެތި، ކުޅިވަރުގެ ހަނދާނީ ތަކެތި، އަދި މަގުމަތީ އަދި ޒަމާނީ ފަންނުގެ ނީލަން ކިޔުމެވެ.

އެ ވެބްސައިޓުގައިވާ ޑިސްކްރިޕްޝަންގައިވާ ގޮތުން ސްޓީވް ޖޮބްސްގެ މިލްކުވެރިކަމުގައި ހުރި އަދި ބޭނުންކުރި ބްރައުން ސުއީޑް ލެދަރ ބިރކެންސްޓޮކް އެރިޒޯނާ ފައިވާން ޖޯޑެއް ވިއްކަން ފަށާފައިވާއިރު، އެ ފައިވާން ޖޯޑުގެ އަގު 60،000 ޑޮލަރާއި 80،000 ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

“ފައިވާން ބޭނުންކޮށްފައިވީ ނަމަވެސް އަދިވެސް ފެންނަނީ އެއްވެސް ގެއްލުމެއް ނުވަތަ ހަލާކެއް ނެތެވެ. ކޮންމެ ކިބައެއްގައި ވެސް އޭގެ އަސްލު ބާކެންސްޓޮކް އެޖަސްޓެބަލް ބަކަލްސް އާއި ސުއީޑް ލެދަރ ފޫޓް ސްޓްރެޕްސްގެ އެތެރޭ ފަރާތުގައި ބިރކެންސްޓޮކް ސްޓޭމްޕިންގް ޖަހާފައިވެއެވެ.

ކޯކް އަދި ޖޫޓް ފޫޓްބެޑްގައި އަހަރުތަކެއް ވަންދެން ބޭނުން ކުރުމުގެ ސަބަބުން ސްޓީވް ޖޮބްސްގެ ފައިގެ އަސަރު ފައިވާނުން ފެންނަން ހުއްޓެވެ. ފައިވާނުގެ ރަބަރު ސޯލްސް އިން ފެންނަނީ ބޭނުން ކުރުމުން ކަންފަތިވެފައި ހުރިތަނެވެ. ނީލަން ކިޔާ އެ ވެބްސައިޓުގައިވާ ޑިސްކްރިޕްޝަންގައި ފައިވާނާ ބެހޭގޮތުން ލިޔެފައިވެއެވެ.

1997 ވަނަ އަހަރު ޖޮބްސް އެނބުރި އެޕަލްގެ ސީއީއޯގެ މަގާމަށް އައީ އެ ކުންފުނިން ނެކްސްޓީ ގަތުމަށް ފަހު އެވެ. ބަނގުރޫޓުވުމުގެ މަގުމަތީގައި އޮތް އެޕަލް ދިރުވައި އާލާކުރުމުގެ ބޮޑު ޒިންމާއެއް އޭނާ އުފުއްލެވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close