ޚަބަރު

ޝެއިހް ފަޒްލޫނާއި ނިޝާންގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފި

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި ދީނީ ދެ އިލްމްވެރިންކަމުގައިވާ ޝައިހު ފަޒްލޫން މުހައްމަދާއި ޝައިހު އާދަމް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް އިތުރުކޮށްފި އެވެ.


ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ހަރަކާތަށް ހުރަސްއެޅިކަަމަށްބުނެ ހައްޔަރުކޮށްފައިވާ ބައެއް މީހުން ދޫކޮށްލި ނަމަވެސް މިމައްސަލައިގައި ޝެއިހް ފަޒްލޫން އަދި ޝެއިހް ނިޝާންގެ ބަންދު މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އިތުރު 16 ދުވަސް ބަންދަށް ދީފައެވެ.

ބަންދު މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރިއިރު، ޝެއިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދުގެ ބަންދުގެ މައްސަލަ ހައިކޯޓުގައި އޮތީ އިސްތިއުނާފު ކޮށްފައެވެ. އަދި މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހަކު ވަނީ އިއްޔެ ދޫކޮށްލާފައެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close