ޚަބަރު

ރަޝިއާ ސިފައިން ލީޑް ކުރުމަށް 280 ޕައުންޑްގެ ރިޓަޔާޑް ޖެނެރަލަކު އައްޔަން ކޮށްފި

ޔޫކްރެއިން ހަނގުރާމައިގައި ހަރަކާތްތެރިވަމުންދާ ރަޝިއާގެ ހަރުކަށި ގިނަ އިސް ކޮމާންޑަރުންތަކެއް މަރުވުމުން ޔޫކްރޭނުގައި ރަޝިއާ ސިފައިން ލީޑް ކުރުމަށް އޭނާގެ ބަރުދަނުގައި 280 ޕައުންޑް ހުރި ޢުމުރުން 67 އަހަރުގެ ރިޓަޔާޑް ޖެނެރަލަކު ޕޫޓިން އައްޔަން ކޮށްފިއެވެ.

ރަޝިއާގެ ލަޝްކަރުގެ ކޮމާންޑަރަކަށް، ރިޓަޔަރ ކޮށްފައިވާ އަދި އެހާ ފަލަ ޖެނެރަލަކު އައްޔަން ކުރުމުން   މިހަނގުރާމައިގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ވަނި އެކަމާ މަލާމާތްކޮށް ހަޖޫޖަހާފައެވެ. އެމީހުން ބުނާގޮތުންނަމަ މި ހަނގުރާމައިގައި ރަޝިއާއަށް އެއްވެސް ކުރިއެރުމެއް ލިބެމުން ނުދާކަން މިކަމުން ދޭހަވެއެވެ.

އަލަށް އައަޔަން ކުރި ރިޓަޔާރޑް ޖެނެރަލް ހަވާލުވާނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ރަޝިޔާގެ ސްޕެޝަލް ފޯސަސްތަކާ ކަމަށް ޑެއިލީ މެއިލްގައި ބުނެފައިވެއެވެ.

އެ ޔުނިޓްގެ ކުރީގެ ކޮމާންޑަރަށް ވަނީ އާޓިލަރީ ހަމަލާއެއްގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށް ޚަބަރުތައް ބުނެއެވެ.

1980 ގެ އަހަރުތަކުގައި ސޯވިއެޓް ޔޫނިއަން އިން އަފްޣާނިސްތާނަށް އަރައިގަތުމުގައިވެސް އެންމެ އިސްކޮށްހުރި އެ ކޮމާންޑަރަކީ ރަޝިޔާގެ ހާއްސަ ބާރުތަކުގެ 40 އަހަރުގެ ވެޓެރަންއެއް ނަމަވެސް މީގެ ފަސް އަހަރު ކުރިން ރިޓަޔާކުރި ފަހުން ވަނީ ވަރަށް ބޮޑަށް ދޫކޮށްލާފަ އެވެ.

އޭނާ ދުވާލަކު ފަސް ފަހަރު ކެއުމަށް ފަހު އެ ހުރިހާ އެއްޗެއް ވޮޑްކާ ލީޓަރަކުން ޕޮލިޝް ކުރާ ކަމަށް ވެސް ޑެއިލީ މެއިލްގައި ބުނެފައިވެ އެވެ.

ޖެނެރަލް އެނބުރި ޚިދުމަތަށް އައިފަހުން އޭނާގެ ޔުނީފޯމް އަލުން ފަހަން ޖެހިފައިވާއިރު ބޮޑީ އާމޯރގެ ދެ ސެޓް އަޅައިގެން ބޮޑީ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހެ އެވެ. ޖާސޫސީ އިދާރާގެ އިސް މަސްދަރަކުން ރޭ ޑެއިލީ ސްޓާ ސަންޑޭ އަށް ބުނީ ‘ޕޫޓިން މިހާރު ދަނީ ކުރީގެ ރިޓަޔަރޑް ޖެނެރަލުން ހަނގުރާމައަށް އިތުރަށް ނެރުމަށް ވިސްނަމުން ކަމަށެވެ.

އެ މަސްދަރު އިތުރަށް ބުނީ ‘އޭނާގެ އެންމެ މޮޅު އަދި ހަނގުރާމައަށް ހަރުކަށި ގިނަ އިސް ކޮމާންޑަރުން ޔޫކްރޭނުގައި ހަނގުރާމަ ކުރަމުން މަރުވެފައި ނުވަތަ ޒަހަމްވެފައިވާތީ ޕޫޓިންގެ ވިސްނުމަކީ މާ ގިނަ ދުވަހު ދުނިޔޭގައި ނުތިބެދާނެ ދެވަނަ ރޭޓް އޮފިސަރުން ހަނގުރާމައަށް ފޮނުވުމަށެވެ.

ޕޫޓިން އަކީ އޭނާގެ އެއްވެސް އަމުރަކަށް އެއްވެސް މީހަކަށް ދެކޮޅު ނުހެދޭނެ މާފިއާ ބޮސްއެއް ފަދަ މީހެއް.’ ރިޓަޔާޑް ޖެނެރަލަކަށް ޕޫޓިންގެ ފަރާތުން މެސެޖެއް ލިބިއްޖެނަމަ އެ އަމުރަކަށް ތަބާވުން ނޫން އެއްވެއްސް އެހެން ގޮތެއް ނެތުމުން ރަޝިއާގެ ޖެނެރަލުން ތިބީ އެކަމާ ވަރަށްބޮޑަށް ކަންބޮޑުވެފައި ކަމަށްވެސް ޑެއިލީ މެއިލްގައި ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close