ޝެއިހް ސަމީރަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަމުންދާކަމަށް ފުލުހުންބުނެފި
ދީނީ އިލްމުވެރިޔާ ޝެއިހް އަހުމަދު ސަމީރަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
ޝައިޚަށް މަރުގެ އިންޒާރު ދިނީ ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާގައި އެވެ. އިންޒާރުދިން މީހާ ވަނީ ޝެއިހް ސަމީރު ދަންޖައްސާ މަރާލަން ޖެހޭ ކަމަށް ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލަ އިއްޔެ މެންދުރު 12:39 ގައި ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދަނީ ސީރިއަސް އޮގަނައިޒް ކްރައިމް ޔުނިޓުން ކަމަށް ވިދާޅުވި އެވެ.
ޝެއިހް ސަމީރަށް މަރުގެ އިންޒާރު ދީފައިމިވަނީ އިއްޔެ ފާހަގަ ކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމާއި ދެކޮޅަށް އޭނާ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.




thihunnanee balaa nunimeene.mahshalathah duvahakuves thikamakee vaanekamehheneh hiyennuve