ޓެކްނޮލޮޖީ

“ފިއުޗާ ހޮންކޮންގް ލީޑަރުގެ ޗެނަލް” ޔޫޓިއުބުން ނަގައިފި

2022 ވަނަ އަހަރު ހޮންގްކޮންގްގައި ބާއްވާ ޗީފް އެގްޒެކެޓިވް އިންތިހާބަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް “ޖޯން ލީގެ” ޗެނަލް މިހާރު ޔޫޓިއުބުން ވަނީ ނަގާފައެވެ. އެހެންކަމާއެކު އެކަން ކަށަވަރު ކޮށްދެމުން، ލީ ވަނީ ފޭސްބުކް އަދި ޔޫޓިއުބް ގައި އޭނާގެ ކެމްޕޭން ޕްރޮމޯޓް ކުރަން ފަށާފަ އެވެ.

ޖޯން ލީ އަކީ ކާކު؟

ޖޯން ލީ އަކީ މިހާރު އެ ސަރަހައްދުގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ވާދަކުރައްވާ ސިޔާސީ ބޭފުޅެކެވެ. ޗީފް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅާ ރަސްމީކޮށް އިސްތިއުފާ ދެއްވުމުން ޗީފް އެގްޒެކެޓިވް ގެ މަގާމަށް ވާދަ ކުރައްވަން ގަސްދު ކުރައްވާކަން މި މަހު ކުރީކޮޅު ޖޯން ލީ ވަނީ އިއުލާން ކުރައްވައިފަ އެވެ.

ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވް އަކީ 1500 ގޮނޑި ހިމެނޭ އިލެކްޝަން ކޮމިޓީގެ މެޖޯރިޓީން އިންތިހާބު ކުރާ މަޤާމެކެވެ. ހޮންގްކޮންގް ސަރުކާރުގެ ޕްރެސް ރިލީޒެއް ބުނާ ގޮތުން އެ އިންތިޚާބުގައި ލީ އަށް ލިބިވަޑައިގެންނެވީ 786 ވޯޓެވެ. އެހެންކަމުން އެމަޤާމަށްއޭނާ ރަސްމީކޮށް އިންތިޚާބު ނުކުރިޔަސް އެނާވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

ގޫގުލް އިން ޖޯން ލީ އަށް ޓާގެޓް ކުރީ ކީއްވެ؟

މިއަދުން މިއަދަށް ޖޯން ލީގެ އޮފިޝަލް ޔޫޓިއުބް ޗެނަލް –ޖޯންލީ 2022 ރަސްމީކޮށް ޔޫޓިއުބުން ނަގާފައިވާއިރު، އެޗެނެލްގެ ލިންކަށް ކްލިކް ކޮށްލުމުން މިހާރު ވަދެވޭނީ 404 ގެ ޕޭޖަކަށެވެ.

ގޫގުލް އިން މި ފިޔަވަޅު އެޅީ ހޮންގްކޮންގާއި ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަމަލު ކުރުމުގެ ގޮތުން ކަމަށް، ޔޫޓިއުބާއި ގޫގުލްގެ ހޯލްޑިން ކުންފުނި އަލްފަބެޓް އިންކް އިން ނެރުނު ބަޔާނަކާ ހަވާލާދީ ރޮއިޓާސް އިން ބުނެއެވެ. މި ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޜަރީއިން އިޢްލާން ކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. ދަތިކުރުމުގެ ފިޔަވަޅު ގައި ބުނެފައި ވެއެވެ.

މިއަދު ޑިޕާޓްމެންޓް އޮފް ދަ ޓްރެޜަރީއިން 11 ފަރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ހޮންގްކޮންގްގެ މިނިވަންކަން ނިގުޅައިގަނެ، ހޮންގްކޮންގްގެ ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުވަތަ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރުމުގެ ގޮތުންނެވެ.

މިއީ އެގްޒެކެޓިވް އޯޑަރ 13936 ގެ ދަށުން ރައީސް ޓްރަމްޕް ނެރުއްވި “ޕްރެޒިޑެންޓްސް އެގްޒެކެޓިވް އޯޑަރ އޮން ހޮންގްކޮންގް ނޯމަލައިޒޭޝަން” ގެ ދަށުން، 14 ޖުލައި 2020 ގައި ނެރުއްވި އަމުރުގެ ދަށުން އެޅުއްވި ފިޔަވަޅުތަކެވެ. އީ.އޯ. 13936 ގައި ހޮންގްކޮންގްގެ ޙާލަތަށް ރިޢާޔަތްކޮށް ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވިއެވެ. މީގެ ތެރޭގައި ދާދިފަހުން ޗައިނާގެ ރައްޔިތުން ހޮންގްކޮންގްގެ މިނިވަންކަމާއި ޑިމޮކްރެޓިކް ޕްރޮސެސްތައް އަސާސީ ގޮތުން ނިގުޅައިގަތުމަށް ހިންގި ޢަމަލުތައް ހިމެނެއެވެ. އަދި މި ގެއްލުންދެނިވި ޙަރަކާތްތަކުގައި ޙަރަކާތްތެރިވާ ބޭފުޅުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ހިމެނެއެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ދަ ޓްރެޜަރީ އިން އިތުރަށް ތުހުމަތު ކުރާ ގޮތުގައި، ކުރީގެ ފުލުސް އޮފިސަރެއް ކަމަށްވާ ލީ ވަނީ ހޮންގްކޮންގްގެ ސަލާމަތީ ގާނޫނެއް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފުލުހުންގެ އާ ފައުޖަކަށް އިޝާރާތް ކުރައްވައި، އެއީ ހޮންގްކޮންގްގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވާ ގާނޫނުތަކެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

މެޓާ ޕްލެޓްފޯމްސް އިން ވެސް އެފަދަ ޕެނަލްޓީއަކާ އެކު އަމަލުކުރި ކަމަށާއި ޖޯން ލީ އަށް އޭނާގެ ފޭސްބުކް ބޭނުންކުރުމުގެ ހުއްދަ ދިން ނަމަވެސް މަނިޓައިޒޭޝަންގެ އިހުތިޔާރު އޭނާއަށް ނުދޭ ކަމަށް މެޓާ އާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކުރެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close