100،000 އިލެކްޓްރިކް ވެހިކަލަށް ސައުދީ ސަރުކާރުން އޯޑަރު ކޮށްފި
ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް)ގެ ހިއްސާ އޮންނަ ލޫސިޑް މޯޓަރސް އިން ދިހަ އަހަރު ދުވަހުގެ ތެރޭގައި 50،000 އާއި 100،000 އާ ދެމެދުގެ އަދަދަކަށް އިލެކްޓްރިކް ވެހިކަލް ގަތުމަށް ސައުދީ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ސައުދީ ގެ މާލީ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވެއެވެ.
މި އެއްބަސްވުމަކީ ފޮސިލް ފިއުލް އިން ދުރުވެ، ދެމެހެއްޓެނިވި މުޖުތަމައެއް އުފެއްދުމަށް އެކުލަވާލާފައިވާ ވިޝަން 2030 ޕްލޭންގެ ބައެކެވެ.
ލޫސިޑް މިހާރު ދަނީ ސައުދީއަރަބިއްޔާގައި އެކުންފުނީގެ އިލެކްޓްރިކް ވެހިކަލްތައް އެސެމްބްލް ކުރުމަށް ފެކްޓްރީއެއް ހަދަމުންނެވެ. މިހާރު އެރިޒޯނާގެ ޕްލާންޓެއްގައި ކާރު އުފައްދައެވެ.
ޖެނުއަރީ މަހު އެ ކުންފުނިން ބުނީ އަމާޒަކީ 2025 ނުވަތަ 2026 ވަނަ އަހަރުގެ ނިޔަލަށް ސައޫދީ ފެކްޓްރީގެ މަސައްކަތް ނިންމާ، އެ ފެކްޓްރީގެ މަސައްކަތް ކުރިއަށް ގެންދިިއުމަށް ކަމަށެވެ. އެއީ ޖިއްދާގެ ރަތް ކަނޑުގެ ސިޓީއަކީ ޕޮޓެންޝަލް ލޮކޭޝަނެއްގެ ގޮތުގައި ބަލަމުން އަންނަ ތަނެކެވެ.
މި ފެކްޓްރީގެ ސަބަބުން އަހަރެއްގެ މައްޗަށް 150،000 އިލެކްޓްރިކް ވެހިކަލް އުފެއްދޭނެ ކަމަށް ބެލެވެ އެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެ ފެކްޓްރީއިން ވެސް ސައުދީ ސަރުކާރުން އޯޑަރު ދީފައިވާ އާ ވެހިކަލްތައް އުފައްދާނެ އެވެ.
އާ އެއްބަސްވުމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް އެތައް ހާސް ވަޒީފާއެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި އިއުލާނާ ގުޅިގެން އިތުރު ކުރި ޓްރޭޑިންގައި ލޫސިޑްގެ ހިއްސާތައް ވަނީ 5.4 ޕަސެންޓް އުފުލިފަ އެވެ.
ކެލިފޯނިއާގައި މައި މަރުކަޒު ހުންނަ ޕީއައިއެފް ކުންފުނީގެ 61 ޕަސެންޓް ހިއްސާ ސައުދީގެ އޮވެ އެވެ.
މި ވެހިކަލްތައް ޑެލިވަރީ ކުރުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ލަފާކުރެވޭއިރު، އެންމެ ފުރަތަމަ އޯޑަރު ނަމްބަރުތައް ފެށެނީ އަހަރަކު 1000 އާއި 2000 އާ ދެމެދުގެ އަދަދަކަށް ކަމަށާއި 2025 ވަނަ އަހަރުން ފެށިގެން މި އަދަދު 4000 އާއި 7000 އާ ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.
ލޫސިޑް މޯޓަރސް އިން ލޫސިޑް އެއަރ އުފައްދަނީ 520 މޭލުގެ ރާސްތާއެއް ހިމެނޭ އިލެކްޓްރިކް ސެޑާން އެއް ކަމަށްވާ ލޫސިޑް އެއަރ އެވެ.
300 މޭލުގެ ރާސްތާއަކަށް ޗާޖުކުރަން ހޭދަވަނީ ގާތްގަނޑަކަށް 20 މިނެޓެވެ.
ލޫސިޑް އެއަރގައި އެންމެ ގިނަވެގެން 1111 ހޯސްޕަވަރ ހުންނަ އިރު، 0-60 އިން 2.5 ސިކުންތުން މައްޗަށް ދެއެވެ.
