ޚަބަރު

މި އަހަރުން ފެށިގެން ޓޫރިޒަމް ދާއިރާއިން ހާއްސަ އެވޯޑްތަކެއް ދޭން ނިންމައިފި

މި އަހަރުން ފެށިގެން ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއާ ގުޅުން ހުރި ހާއްސަ އެވޯޑްތަކެއް ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީން އެވޯޑް ދޭން ނިންމާފައިފާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންކަން ފަހިކޮށް ދިނުމާ ގުޅޭ ހަތަރު އެވޯޑަކާއި ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ތިން އެވޯޑަކާއި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ އެވޯޑެއް ކަމަށެވެ.

މީގެއިތުރުން ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރަން ބާރު އެޅުމަށް ދޭ އެވޯޑަކާއި އަންހެނުންނަށް ވަޒީފާ ފަހިކޮށްދޭން މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެވޯޑެއްގެ އިތުރުން ދިވެހި އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ ޙާއްސަ އެވޯޑެއް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ މި އެވޯޑް ދޭނީ އެ ހިދުމަތެއް ދޭ ފަރާތްތަކުން ކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމުން، ފޯމުތައް އިވެލުއޭޓް ކުރުމަށް ފަހުގައިކަމަށާއި މި އެވޯޑްތަކަށް ކުރިމަތިލުމަށް މި އަހަރުގެ ޖޫން މަހު ފުރުސަތު ހުޅުވައިލާނެކަމަށެވެ. މިނިސްޓްރީން ބުނިގޮތުގައި އެވޯޑްތަކަށް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސް، ސަފާރީތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close