ވިޔަފާރި

ބިދޭސީންނަށް ހާއްސަކޮށްގެން ދިރާގުން “ހެލޯ ޕްރީޕެއިޑް” ތައާރަފުކޮށްފި

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދިރާގުން އަލަށް ތައާރަފުކުރި ޕްރީޕެއިޑް ޕްލޭން “ހެލޯ ޕްރީޕެއިޑް” އިއުލާންކޮށްފި އެވެ.

މި ޑެޑިކޭޓެޑް ޕްރީޕެއިޑް ޕްލޭނަކީ އިންޑިއާ، ސްރީލަންކާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް އަދި ޗައިނާގެ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ ޕްލޭނެކެވެ.

ހެލޯ ޕްރީޕެއިޑް ޕްލޭނަށް ސޮއިކުރާ ކަސްޓަމަރުންނަށް މުޅި އަހަރު ތެރޭގައި ހާއްސަ ކަންޓްރީ ބެނެފިޓްސް އަދި ސްޓޭންޑަޑް ޕްރީޕެއިޑް އޮފާތައް ލިބުމުގެ ފުރުސަތު ލިބޭއިރު، ގައުމު އިހްތިޔާރު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

މީގެ އިތުރުން، ހެލޯ ޕްރީޕެއިޑް ކަސްޓަމަރުންނަށް 31 މާރިޗު 2021 ގެ ނިޔަލަށް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމުން %25 އިތުރު އެލަވަންސް ލިބިވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

‘ހެލޯ ޕްރީޕެއިޑް’ ސިމް ކިޓް މާލެ، ހުޅުމާލެ އަދި ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތަކުން ދިރާގުގެ ސޭލްސް އެޖެންޓުން މެދުވެރިކޮށް ގަންނަން ލިބޭނެއެވެ.

އެގޮތުން ހެލޯ ޕްރީޕެއިޑް އަށް ބަދަލުވާން ބޭނުންވާ އެހެން އެއްވެސް ޕްރީޕެއިޑް ޕްލޭނެއްގައި މިހާރު ތިބި ހުރިހާ ކަސްޓަމަރުންނަށް ކީވޯޑް ‘ޕީކޭޖީ ހެލޯ’ ބޭނުންކޮށްގެން 444 އަށް އެސްއެމްއެސް އެއް ފޮނުވައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް: https://bit.ly/34aB9V1

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close