ނިއުމާމިސްގެ ކޮލަމް

ފިލާވަޅުތައްޔާކުރާއިރު ފިލާވަޅުގެ “ނިންމުމުގެ” މުހިންމުކަން

ލެސަންޕްލޭން ނުވަތަ ފިލާވަޅު ތައްޔާރުކުރާއިރު ވަރަށް ގިނަ މުހިންމު ބައިތައް އެކުލެވިފައިވެއެވެ. އެގޮތުން “ފެށުން”، “މައިގަނޑު” އަދި “ނިންމުން”، މި 3 ބައި ވެސް މިއީ ލެސަންޕްލޭނެއްގެ ވަރަށް މުހިންމު ބައިތަކެވެ.

މިގޮތުން މިބަލައިލަނީ ފިލާވަޅުގެ ނިންމުމަށެވެ.
މިއީ ލެސަން ޕްލޭންގައި ލިޔެވިފައިވިއަސް ވަރަށް ގިނަފަހަރަށް ވަގުތަށް ސަމާލުކަން ނުދެވިއްޖެނަމަ މުދައްރިސުންނަށް ފުރިހަމައަށް ނުގެންދެވޭ ބައެކެވެ.

ގުޅުންހުރި ލިޔުންތައް

ނަމަވެސް ފިލާވަޅެއްގެ ނިންމުމަކީ ވަރަށް ރަނގަޅަށް ހުރިހާ މުދައްރިސުންވެސް ތައްޔާރުވާންޖެހޭ ބައެކެވެ.
ނިންމުން ފުރިހައަށް ގެންދެވިއްޖެނަމަ މިއީ ދަރިވަރުންނަށް މުޅިފިލާވަޅު ”ރިފްލެކްޓް” ކޮށްލަން ލިބޭ ވަރަށް ފަހި ފުރުސަތެކެވެ .ފައިދާވަނިވި ގޮތަކަށް ގެންދެވޭ “ކުލޯޒަރ” ނުވަތަ ނިންމުމުގެ ސަބަބުން ނަގައިދިން ފިލާވަޅު ދަރިވަރުންނަށް ފަސޭހައިން ދޭހަވެ ކުރިންއެނގިފައިވާ މަޢުލޫމާތާއި އަލަށް އެނގިގެންދިއަ މަޢުލޫމާތު ގުޅުވާލަން ފަސޭހަވެއެވެ. ފުރިހަމައަށް ގެންދެވޭ ފިލާވަޅުގެ ނިންމުމެއްގައި މުދައްރިސުން މުޅިފިލާވަޅު ޖުމުލަގޮތެއްގައި ޚުލާސާކޮށް ދަރިވަރުންނަށް ދޭހަވި މިންވަރު ވަރަށް ފަސޭހައިން ހޯދާލައެވެ.

މިގޮތުން ބައެއްފަހަރަށް ދަރިވަރުންނަށް އެނގިގެން ދިއަ އާ ހިޔާލުތަކާއި ކުރިއަށް އޮތް ފިލާވަޅަށްވެސް އަލި އަޅުވާލެވެއެވެ. ގިނަފަހަރަށް މާބޮޑު ތައްޔާރިއެއްނުވެ ސުވާލުތަކަކުންވެސް ފިލާވަޅު ނިންމާލެވިދާނެއެވެ. އަދި ފިލާވަޅާއި ގުޅޭގޮތުން ދަރިވަރުންގެ ހުރި ހިޔާލުތަކާއި ކަންބޮޑުވުންތައްވެސް ނިންމުމުގައި މުދައްރިސަށް އަޑުއަހާވެސް ލެވިދާނެއެވެ.

ދަރިވަރުން އުނގެނުމަށް ބޮޑަށް ޝައުޤު ވެރިކުރުވަން ބޭނުންނަމަ “ކްލޯޒަރ” ނުވަތަ ނިންމުމުގައި ބޭނުން ކުރެވިދާނެ އެސެސްމަންޓް ޓޫލްތައް ވަރަށް ގިނައެވެ.
ނަމަވެސް ހަނދާނުގައި ބަހައްޓަންވީ މިބައި ގިނަފަހަރަށް ފުރިހަމަ ކުރެވެނީ މުދައްރިސުން ގަޑިއަށް ފަރުވާތެރި ވެގެންނެވެ.
ނިންމުން ވަރަށްމަޖާ ގޮތަކަށް ގެންދަން ބޭނުންނަމަ “ރިފްލެކްޓިވް ބީޗް ބޯލް” ކުޅެވިދާނެއެވެ.
މި ގޮތައް މިހަރަކާތް ގެންދަނީ ބޯޅައެއްގައި ފިލާވަޅުން “ރިފްލެކްޓް” ކޮށްލަން ބޭނުންވާ ސުވާތައް ލިޔެގެންނެވެ.

މިސާލަކަށް:
• މިފިލާވަޅުން އެންމެ ބޮޑަށް އެނގިގެންދިޔަ އެންމެ އެއްޗެއް؟
• ފިލާވަޅުން ދިމާވިގޮންޖެހުމެއް؟
• ފިލާވަޅު ގެންދިޔަގޮތާއި ބެހޭ ގޮތުން ކުރެވޭއިޙްސާސްތައް؟
• ފިލާވަޅުން އެންމެ ޝައުޤުވެރިވި ކަމެއް؟
• އެއްވެސް އެހެންކުއްޖަކަށް އެހީތެރިވެވުނުތަ؟
• މިއަދު ކިޔެވި ފިލާވަޅުން އެއްވެސް ބައެއް އެހެން މާއްދާއަކުން ކިޔަވައި ދެވުނުތަ؟
• މިއަދު އެނގުނު މަޢުލޫމާތުތައް ޚުލާސާކޮށް ކިޔައިދެވިދާނެތަ؟

ފިލާވަޅު ނިންމުމުގައި އެއްދަރިވަރަކު އަނެއްދަރިވަރަކަށް ބޯޅަ އެއްލާނީއެވެ. ބޯޅަ ހިފޭ ދަރިވަރުން އޭގެން ސުވާލަކަށް ޖަވާބުދޭނީއެވެ. ޖަވާބުދިނުމަށް ފަހު އެހެން ދަރިވަރަކަށް އަނެއްކާ ބޯޅަ އެއްލާނީއެވެ. ކުލާހުގައި ވަށްބުރަކަށް އެތުރިގެން ތިބެ ކުރުމުން މިހަރަކާތް ވަރަށް މަޖާވާނެއެވެ. ނިންމުން ގެންދާއިރު ގިނަ ކުދިންނަށް ފުރުސަތު ދިނުން ވަރަށް މުހިންމެވެ.

ލިޔުނީ: ނިޢުމާ މުޙައްމަދު

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close