މިނިކާވަގަކު އެސޮރު ބަލަހައްޓާން ހުންނަ މީހާގެ އަތް ކައިލައިފި
ޓޯކިޔޯގެ އުތުރުގައި އޮންނަ ސަފާރީ ޕާކެއްގައި ބުދަ ދުވަހުގެ ހެނދުނު އުމުރުން 10 އަހަރުގެ ބެންގާލް ޓައިގަރަކު ވަނީ ޒޫ ކީޕަރެއްގެ އަތުގައި ދަތްއަޅައި، އިތުރު ދެމީހަކަށް ހަމަލާދީފައެވެ.
ކިޔޯޑޯ ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާގެ ކަނާތު އަތް ބުރިކޮށްލާފައި އޮތްއިރު، އެހެން އަންހެނެއްގެ އަތް ބިންދައިގެން ގޮސްފައެވެ. އެ ހާދިސާގައި އަނިޔާލިބުނު މީހުން ޕްރިފެކްޗާގެ ނަސޫ ސަފާރީ ޕާކުން ވައިގެ މަގުން ހޮސްޕިޓަލަށް ގެންދިޔަ އެވެ.
އަދި އެހެން އަންހެނެއްގެ ހަށިގަނޑުގެ އެކި ތަންތަނުގައި ދަތް އަޅާފައިވާ އިރު ފިރިހެން މީހާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި ޒަހަމްވެފައިވެ އެވެ.
ސަފާރީ ޕާކް އޮޕަރޭޓަރު ބުނީ ގާތްގަނޑަކަށް 150 ކިލޯގެ ބަރުދަނުގައި ހުރި 2 މީޓަރ ދިގު ޓައިގަރ އޮންނަ ކޭޖުން ނުކުމެފައިވާކަމަށެވެ. ޕާކްގެ މުވައްޒަފުން ތިބޭ ސަރަހައްދަށް ދާން އޮންނަ ކޮރިޑޯއަށް އެސޮރު ވަދެފައިވަނީ ބުދަ ދުވަހު އެދުވަހުގެ މަސައްކަތަށް ތައްޔާރުވަމުން ދިޔަ ޒޫ ކީޕަރަށް ހަމަލާދިނުމަށެވެ.
ޓައިގަރ ބަންދުކޮށްފައިވާ ތަނުގެ ބޭރަށް އެސޮރަށް ނުކެމެވުނީ ކީއްވެގެންތޯ އާއި ސަފާރީ ޕާކުގެ ބައެއްގައި އެއްވެސް ކަހަލަ މިސްމެނޭޖްމަންޓެއް އޮތްތޯ ބެލުމަށް ތަހުގީގެއް މިހާރުވަނީ ފުލުހުން ފަށާފައެވެ.
ޕާކް މެނުއަލްގައި އަންގާފައިވާ އެންގުންތަކަށް ބަލާއިރު، މައުރަޒު ނިމުމަށްފަހު ޓައިގަރ ކޭޖްގެ ފާރު ބަންދުކުރޭތޯ ފާރަވެރިން ކަށަވަރު ކުރަން ޖެހެއެވެ. ނަމަވެސް އަންގާރަ ދުވަހު އެކަން ޗެކް ކޮށްފައި ނުވާ ކަމަށާއި، އަނެއް ދުވަހު ހެނދުނު ޓައިގަރ ކޮރިޑޯގައި ބުރުޖަހަމުން ދިޔަ ކަމަށް ޕާކްގައި މަސައްކަތް ކުރާ މީހަކު އެ ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ރޯޔަލް ބެންގާލް ޓައިގަރ ގެ ނަމުން ވެސް މަޝްހޫރުވެފައިވާ ބެންގާލް ޓައިގަރ އަކީ އިންޑިއާގެ ސަބްކޮންޓިނެންޓަށް ނިސްބަތްވާ ޓައިގަރ އެކެވެ. ބޫޓާން، ނޭޕާލް، މިޔަންމާ އަދި މެލޭޝިޔާއިންވެސް މި ޓައިގަރ ފެނިދާނެއެވެ.
70 ބާވަތެއްގެ 700 ޖަނަވާރު ގެންގުޅޭ މި ސަފާރީ ޕާކު ބަންދުކުރީ މިކަމާގުޅިގެން އެކަން ތަހްޤީޤުކުރުމަށްކަމަށްވެއެވެ.


