ބޭރުދުނިޔެ

ޤާނޫނީ ވަކީލަކު މަރާލުމަށް ޓަކައި ކޯޓްތެރޭގައި ބޮމެއް ގޮއްވާލި ސައިންސްވެރިޔަކު ހައްޔަރުކޮށްފި

ދިއްލީ: ޤާނޫނީ ވަކީލަކު މަރާލުމަށް ޓަކައި ޝަރީޢަތް ހިނގަމުން ދިޔަވަގުތު ކޯޓްތެރޭގައި ބޮމެއް ގޮއްވާލި ސައިންސްވެރިޔަކު ދިއްލީގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ދިއްލީ ފުލުހުން ހޮނިހިރު ދުވަހު ހައްޔަރުކުރި ސައިންސްވެރިޔާ ވަނީ ރޯހިނީ ޑިސްޓްރިކްޓް ކޯޓުގެ ތެރޭގައި ގާނޫނީ ވަކީލަކު މަރާލުމަށް ޓިފިން ބޮމެއް ގޮއްވާލައިފައެވެ.

ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ރޯހިނީ ޑިސްޓްރިކްޓް ކޯޓްގައި ބާރު ގަދަ ގޮވުމެއް ގޮއްވާލާފައިވާއިރު، މި ހާދިސާގައި ފުލުހުންގެ މީހަކަށް ވަނީ އަނިޔާވެފައެވެ.

ފުލުހުން ބުނީ ތުހުމަތު ކުރެވޭ މީހާ މަސައްކަތް ކުރަނީ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޑީއާރްޑީއޯ) އާ އެކު ސައިންޓިސްޓެއްގެ ގޮތުގައި ކަމަށެވެ.

ފުލުހުން ބުނީ، ތުހުމަތު ކުރެވޭ މީހާ ވަކީލާ އެކު ދައުވާ ގައި ޝާމިލުވެފައިވާ ކަމަށެވެ. އޭނާ އަމިއްލައަށް ބޮމެއް ހަދައި، ކޯޓު ރޫމް ނަމްބަރު 102 ގައި ބެހެއްޓި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސުވާލު ކުރުމުގެ ތެރޭގައި ސައިންސްވެރިޔާ ވަނީ ވަކީލު މަރާލަން ބޭނުންވާ ކަމަށް ފުލުހުންގެ ކުރިމަތީގައި އިއުތިރާފުވެ، އެހެންވެ އޭނާ އައިއީޑީ ހަރުކުރި ކަމަށް އިއުތިރާފުވެފަ އެވެ.
ދިއްލީ ފުލުހުންގެ ސްޕެޝަލް ސެލްއިން ވަނީ ސައިންޓިސްޓާ ދެކޮޅަށް ގިނަ ގުނަ ހެއްކާއި ގަރީނާތަކެއް ހޯދާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close