ޚަބަރު

އަބޫދާބީ ފަންޑުން 14 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއިން ނަގައިފި

އަބޫދާބީ ފަންޑުން 14 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއިން ނަގައިފިއެވެ. ދިވެހި ސަރުކާރާއި އަބޫދާބީ ފަންޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ނެގި މިލޯނަކީ ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ތަރައްގީކުރުމަށް ނެގި ލޯނެކެވެ.

އަބޫދާބީ ފަންޑުން ކުރި ޓްވީޓެއްގައި ވަނީ ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ރާއްޖެއާއެކު ސޮއިކޮށްފައިވާކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކުނި 10 ޕަސެންޓް މަދުކޮށްދީ 6،000 ގޭބީސީ އަށް ކަރަންޓް ފޯރުކޮށްދޭނެއެވެ. އަދި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީ ރާއްޖޭގައި ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމަށް އެ ފަންޑުން ބުނެފައިވެއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. މިނިސްޓަރ އަމީރު ވިދާޅުވީ މި ޕްރޮޖެކްޓުގެ ސަބަބުން 100 އައު ވަޒީފާ އުފެދޭނެކަމަށެވެ. މިނިސްޓަރ ވަނީ ރާއްޖޭޣެ ތަރައްޤީގައި އަބޫދާބީން ގިނަ ދުވަސްތަކެއް ވަންދެން ކޮށްދެމުން އަންނަ އަހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން ލޯނު ނަގަމުން އަންނައިރު އެންމެ ގިނައިން ލޯނު ނަގާފައިވަނީ އިންޑިއާއިންނެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ބުނެފައިވާގޮތުން އަންނަ އަހަރު ރާއްޖޭގެ ދަރަނި މިއަހަރަށްވުރެ 9.6 އިންސައްތަ މަތިވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close