ވަރަށް ގިނަމީހުން ނަމާދުކޮށް ނިމިގެން މިސްކިތުގައި އިނދެ ކިޔަވާތަން ފެނެއެވެ. އަދި ހަމަ ނަމާދުކޮށް ގެން ގެއަށްއައިސް ގޭގައި ކިޔަވާ މީހުންވެސް މަދެއްނޫނެވެ. އެހެންކަމުން މިކަމުގައި އޮތް މޮޅުއިތުރު ގޮތަކީ ކޮބައިކަން ދެނެގަތުން މުހިންމުކަމުގައި ދެކެމެވެ.
ސުވާލު: މަޣުރިބުނަމާދު ކޮށްގެން މިސްކިތުގާ އިނދެ ގުރުއާންކިޔެވުމާ ގެއަށް އައިސް ކިޔެވުމާއި، މިދެގޮތުންމޮޅު އިތުރީ ކޮން ގޮތެއްތޯއެވެ؟
ޖަވާބު: އިއުތިކާފަށް އިނުމުގެ ނިޔަތުގައި އިނދެގެން ނަމަ ސަވާބު އިތުރުވާނީ މިސްކިތުގައި އިނދެ ކިޔެވުމުންނެވެ.
ޖަވާބު ދެއްވީ:
ޑރ. މުޙައްމަދު ޢިޔާޟް ޢަބުދުއްލަތީފް
#IslamicknowledgeViberGroups


