ރިޕޯޓް

ސަމާލުވޭ: އައިޑީ ކާޑުން ކުރާ ވައްކަން އިތުރުވާން ފަށައިފި

ދިވެހި މުޖުތަމަޢުގައި އަބަދުވެސް ގިނައިން ދައްކާ އުޅެނީ ކޭޝްކާޑަކުން ވައްކަން ކުރި ވާހަކައެވެ. ނުވަތަ އެފަދަ ކާޑެއް ނަހަމަ ގޮތުގައި ބޭނުން ކުރި ވާހަކައެވެ. ކޭޝްކާޑުގެ ނަންބަރު ކޮންމެވެސް ގޮތަކުން ހޯދައިގެން ނަމަވެސް އޮންލައިން ވިޔަފާރިތައް ކުރާ ވާހަކައެވެ.

އެހެން ނަމަވެސް މިކަމަށްވުރެވެސް އެއްގޮތަކުން ބުނަންޏާ މިހާރު މިހިނގާ ކަންތައްވެސް ކުޑައެކޭ ނުދެންނެވޭނެއެވެ. މިދަންނަވަނީ އައިޑީ ކާޑުން ވައްކަން ކުރާ ވާހަކައެވެ. އައިޑީކާޑުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ވެރިފަރާތަށް ނުވެސް އެނގި އެތައް ޖަރީމާއެއް ހިންގާ ވާހަކައެވެ. މިކަންކުރަނީވެސް ދިވެހިންގެ ތެރެއިން ބައެކެވެ. ފައިސާގެ ދަހިވެތި ކަމުގައެވެ. ބަޔަކު މީހުން ފައިސާ ދީގެން ނުވަތަ އެނޫންވެސް ގޮތަކުން ބޮޑަތި މަންފާތަކެއް އެބަޔަކަށް ލިބޭގޮތަށް ކުރުވާ ކަމެކެވެ.

އައި.ޑީ.ކާޑުން ވައްކަން ކުރާނީ ކިހިނެތް؟

އައި.ޑީކާޑު ބޭނުންކޮށްގެން އެވެރިން ކުރާ ވައްކަން ނުވަތަ އައިޑީ ކާޑުގެ ބޭނުންކޮށްގެން އެބަޔަކު ގަންނަ ސަކަރާތުން ވެރިފަރާތް ވަރަށްބޮޑަށް ބަދުނާމު ވެގެން އެބަދެއެވެ.

ދާދި ފަހަކުންވެސް ނޫސްތަކުން ފެނުނު ޚަބަރަކީ އެވެނި މިވެނި ޕާޓީއެއްގެ މެމްބަރުން ހަމަކުރަންވެގެން އެމީހަކަށް ނުވެސް އެނގި ފޯރމު ފުރާ ފޯރމް ލައިފައި އޮތް ވާހަކައެވެ.

އާއެކެވެ. މިއީ މިހާރު ވަރަށްބޮޑަށް ހިނގަމުން އަންނަ ކަމެކެވެ. އައި.ޑީކާޑުގެ ވެރި ފަރާތަށްވެސް ނޭންގި އެވެ. ރެޔަކާ މިލަނީވެސް މަދު ބަޔަކަށެވެ. ރެޔަކާއިލާއިރު މިއޮންނަނީ ކޮންމެވެސް ޕާޓީއަކަށް ވައްދަން ފޯރމް ފުރާ ފިންގަ ޕްރިންޓަށް ދަންދެން ޖަހާ، އައި،ކާޑުގެ ކޮޕީވެސް ހުށަހަޅާފައެވެ.

އައި.ޑީ ކާޑު އެފަދަ މީހުން ހޯދަނީ ކިހިނެތް؟

މިއީ އެތައް ބަޔަކު ކުރާ ސުވާލެކެވެ. އަހަރެންގެ އައި.ޑީ ކާޑުގެ ކޮޕީ އެމީހުން ހޯދަނީ ކިހިނެތް ހެއްޔެވެ؟ ވިސްނާށެވެ. މިކަމަށް އޮތީ މިހާރު ވަރަށްބޮޑަށް މަގު ފަހި ވެފައެވެ. ކަންކަމުގެ ނާޖާއިޒް ފައިދާ ނަގާ މީހުންނަށް މިހާރު މިއީ އެއްވެސް ކަމެއް ނޫނެވެ. އައި.ޑީ ކާޑުގެ ކޮޕީ ގިނަފަހަރަށް ވެރިމީހާއަށްވެސް ނޭންގި ދަމައިގަންނަނީ އެންމެ ގިނައިން ފޮޓޯ ކޮޕީ ނަގާ ތަންތަނުންނެވެ. އެތަންތަނުން ޕްރިންޓް ކޮށްލުމަށް ވައިބަރ ކޮށްލެވޭ އައި.ޑީ ކާޑުގެ ދެފުށުގެ ބޭނުންކޮށްގެން ބަޔަކާއި ލިންކް އަޅައިގެން އެކަން ކުރަމުން އަންނަކަމީ މިއަދު ދަންނަންޖެހޭ އަދި ވިސްނަންޖެހޭ ޙަޤީޤަތެކެވެ. އަދި ހަމަ އެހެންމެ ފޮޓޯ ކޮޕީ ނަގަން ދޭ އައި.ޑީކާޑުންވެސް އެފަދަ ތަންތަނުން އަންނަނީ މިފަދަ ޖަރީމާތައް ހިންގަމުންނެވެ. މިދަންނަވަނީކީ އެފަދަ ކޮންމެ ތަނަކުން އެކަންކަން ކުރާ ވާހަކައެއް ނޫނެވެ.

ގިނަ ދިވެހިންނަކީ ފައިސާ ދޭން ތައްޔާރަށް ތިބިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ ބައެކެވެ. އެހެންކަމުން މިހާރަށްވުރެ ބޮޑަށް އައި.ޑީ ކާޑަށް ސަމާލުވުން މުހިންމެވެ. އަދި މިފަދަ ޢަމަލުތައް ކުރަމުން އަންނަ މީހުން އެކަންކަން ހުއްޓާލުމަކީ މިކަމަށް އޮތް އެންމެ ބޮޑު ޙައްލެވެ.

އެއް ކޮމެންޓް

  1. ތިކަން ތިގޮތަށްވެސް ހިނގާނެ.
    ފައިސާކޮޅުގެ ބޭނުމުގައި ދީފައި،، ފައިސާ ލިބި އެފައިސާ ބޭނުންކޮށްފައި، ތިމަންނާ ދެނެހުރިކަމެއްނޫނޭވެސް ބުނެހަދާނެ! ނޫންތަ؟؟

  2. މީގަ އަސްލުވާގޮތަކީ ނަޒާހަތްތެރިކަމެއް ނުހުންނަނީ.. ބޭންކް ތަކުންނާއި، ޗާޕްޚާނާތަކުންނާއި، ބޯކޮށާތަންތަނަށް ނޮގޮސް އެތަންތަނުން ޚިދުމަތް ނުހޯދާ މިއަދު އުޅެވޭކަށްނޯވޭ ދޯ.. ކޮންމެ ބޭސްފިހާރައަކުންވެސް އެންމެންގެ އައިޑީކާޑް ބަލާލެވޭނެ. އެހެންވީމާ މިއިން ކޮންމެ ޚިދުމަތެއް ދޭ ބަޔަކުވެސް އެމީހުންގެ ކުޑަނަމަވެސް ނަޒާހަތްތެރިކަމެއް ވާނަމަ މިފަދަ ވިޔާނުދާ ކަންކަމެއް ނުހިނގާނެ. ކޮންމެ އައިޑީކާޑެއްގެ ފަހަތުގައި ފުލުހަކު ނުބެހެއްޓޭނެދެއްތޯ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close