ކޮފީބުއިމުން ހަށިގަނޑަށް ވަނީ ފައިދާތަ؟ ނޫނީ ގެއްލުންތަ؟
ކޮފީ ބުއިމުން ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް މީގެ ދިހަވަރަކަށް އަހަރުގެ ކުރީގެ ދިރާސާތަކުންލަފާކުރި ނަމަވެސް، ކޮފީ ބުއިމަކީ ހަގީގަތުގައި ވެސް ސިއްހީ ގޮތުން ތަފާތު ފައިދާތަކެއް ލިބޭ ކަމެއް ކަމުގެ ވަރުގަދަ ހެކިތަކެއް ވަނީ ފަހުގެ ދިރާސާތަކުން ދައްކާފަ އެވެ.
“ސިއްހީ ނަތީޖާތަކަށް ބަލާއިރު ކޮފީއަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗަކަށް ވުރެ ސިއްހަތަށް ފައިދާ ހުރި އެއްޗެއްކަން ވަރަށް ބޮޑަށް ސާބިތުވެފައިވެއެވެ.
ހާވާޑް ޓީއެޗް ޗަން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ނިއުޓްރިޝަން ޑިޕާޓްމަންޓްގެ ޗެއާ ފްރޭންކް ހޫ، 5 އޭޕްރީލް 2021 ގައި ޑިސްކަވަރގައި ލިޔުއްވި އާޓިކަލެއްގައި ވިދާޅުވި އެވެ. ގިނަ މީހުންނަށް އާދައިގެ ކޮފީ ބުއިމަކީ ސިއްހަތަށް ފައިދާހުރި ކާނާގެ ތެރެއަށް ވަދެވިދާނެ ކަމެކެވެ.
ހޫ ވިދާޅުވި ގޮތުގައި ދުވާލަކު ގާތްގަނޑަކަށް 2-5 ތަށި ކޮފީ ބުއިމަކީ ޓައިޕް 2 ޑައިބެޓީސް، ހިތުގެ ބަލި، ލިވާ އަދި އެންޑޯމެޓްރިއަލް ކެންސަރު، ޕާކިންސަން ޑިޒީޒް، އަދި ޑިޕްރެޝަންގެ ފުރުސަތު ކުޑަވުމާ ގުޅިފައިވާ ކަމެކެވެ. ކޮފީ ބޯ މީހުން އަވަހަށް މަރުވުމުގެ ފުރުސަތު ކުޑަކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކުރީގެ ރިސާޗްތަކުން ހިތުގެ ބައްޔާއި ހަކުރު ބަލީގެ ބަލިތަކާ ކޮފީ ވަނީ ގުޅިފައި އެވެ. އެކަމަކު ހޫ ފާހަގަ ކުރެއްވި ގޮތުގައި އެ ދިރާސާތަކުގައި ބައިވެރިވި ގިނަ މީހުން ވެސް ދުންފަތުގެ އިސްތިއުމާލު ކުރި ކަމަށާއި އޭގެ ސަބަބުން އެ ދިރާސާތަކުގެ ނަތީޖާ ސިނގިރޭޓާ ގުޅިފައިވާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ބިނާވެފައި އޮވެދާނެއެވެ.
މި އާޓިކަލްގައި ބުނާ ގޮތުން ކޮފީ ބުއިމަށް އެކި އުމުރުފުރާތަކުން ނާއި، ތަފާތު ބަލިތަކާއި، ސިއްހީ މައްސަލަތައް ތަޙައްމަލު ކުރާ ފަރާތްތަކުން ސަމާލުވާން ޖެހެ އެވެ. ކޮފީގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރުތަކާ ބެހޭ މާ ގިނަ މައުލޫމާތު ތަކެއް ނޭނގޭއިރު ކެފެއިން އަކީ މާބަނޑު ދުވަސްވަރު ހަށިގަނޑަށް ގެއްލުން ހުރި އެއްޗަކަށް ވެދާނެ އެވެ. ކެފެއިން ގިނަވުމަކީ ވެސް ޕެނިކް ނުވަތަ އެންޒައިޓީ ޑިސްއޯޑާހުންނަ މީހުންގެ މެދުގައި ކަންބޮޑުވުން އުފެދުމަށް މެދުވެރިކުރުވާ ކަމެކެވެ.
ކޮފީއަކީ ފައިދާހުރި އެއްޗެއްކަމުގައި ފަހުގެ ދިރާސާތަކުން ދެއްކި ނަމަވެސް ކޮފީ ބޯ މީހުންނަށް ތަޖުރިބާކާރުން ލަފާ ދެނީ ކޮފީ ފިލްޓަރަކުން ކޮފީ ތައްޔާރު ކުރުމަށެވެ. ސަބަބަކީ ފިލްޓަރ ނުކުރާ ކޮފީއަކީ ، މަރުވާ ރޭޓް މަތިވުމާ ގުޅިފައިވާ އެއްޗަކަށް ވެފައި، އެލްޑީއެލް ނުވަތަ “ބޭޑް” ކޮލެސްޓްރޯލް ގެ ލެވެލް މަތިކޮށްދޭ ކޮމްޕައުންޑްތައް އެކުލެވިގެން ވާތީ އެވެ. އަދި އިތުރު ކްރީމް ނުވަތަ ހަކުރު ހިމެނޭ ގޮތަށް އޯވަބޯޑް ނުކުރުމަށް ވެސް އެ މީހުން ލަފާ ދެ އެވެ.



