ޚަބަރު

އަފްގާންގެ ހާލަތާމެދު ކަންބޮޑުވާކަމަށް ރައީސް ސޯލިހް އދ. މަޖްލީހުގައި ވިދާޅުވެއްޖެ

އަފްގާނުގެ ހާލަތާއި މެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަމަށް ވިދާޅުވެ އެމައްސަލައާއި ބެހޭގޮތުން އދ. މަޖްލީޙުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވައިފިއެވެ.

އަފްގާނިސްތާނުގެ މިހާރުގެ ހާލަތާއި މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަވަމުން ވިދާޅުވީ އެ ޤައުމުގައިވެސް އޮންނަން ވާނީ ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް ކަމަށެވެ.

އެމަނިކުފާނު އެ ގައުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވީ އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި މިރޭ ތަގުރީރުކުރައްވަމުން ނެވެ.

ރައީސް ސޯލިހު ވިދާޅުވީ އަފްގާނުގެ މިހާރު ހާލަތާއި މެދު ދިވެހި ސަރުކާރުން ކަންބޮޑުވެވަޑައިގެންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ ގައުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ހާއްސަކޮށް އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާއި، ސަލާމަތާ ހިމާޔަތް އެ ގައުމުގައި އޮންނަން ރާއްޖޭން އެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހި ގައުމަކަަށް ވުމަށް ޓަކައި އެ ގައުމުގައި ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް އޮތުން މުހިއްމު ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ އެކަންކަން ހިފެހެއްޓިއްޖެ ނަމަ އަފްގާނިސްތާނަކީ ދުނިޔޭގެ ގައުއުމުތަކާ ގުޅުންބަދަހި، ހުރިހާ މާނައެއްގައި ކުރިއަރައިދާ، ސުލްހަވެރި، އަމާން ގައުއުމަކަށް ވެވިދާނެ ކަމަށެވެ.

އަފްގާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފް ގަނީގެ ވެރިކަން ވައްޓާލުމަށް ފަހު މިދިޔަ މަހު ތޯލިބާނުން އެ ގައުމު ހިފި ފަހުން ދިވެހި ސަރުކާރުން ރަސްމީކޮށް އެއްޗެއް ހާމައެއް ނުކުރެ އެވެ. އަދި މިހާރު އެ ގައުމުގައި ވަގުތީ އާ ސަރުކާރެއް ތޯލިބާނުން އެކުލަވާލާފައިވާއިރު އެ ސަރުކާރު ބަލައިގަތުމާއި މެދުވެސް ރާއްޖެއިން އަދި ގޮތެއް ނުނިންމަ އެވެ.

އެއް ކޮމެންޓް

  1. ދިވެހި ގައުމުގެ ޙާލަތާމެދު ކަންބޮޑެއް ހަމަނުވޭތޯ? އިންޑިޔާގެ މިލިޓަރީންނާ މެދު ހިތަށް އެއްޗެއް ނާރާތޯ?

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close