ޚަބަރު

ކުއްޖާ ރަހީނުކޮށް އަނިޔާކުރި މައްސަލައިގަ ޅައިމަގުން ތިން މީހަކު ހައްޔަރުކޮށްފި

ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގަ އެރަށުން 3 މީހަކު ހައްޔަރުކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ކަމަށްވަނީ މަޢުލޫމާތު ލިބިފަ އެވެ. ރަހީނުކޮށް އަނިޔާކޮށްފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާގައި ވިދާޅުވީ މި މައްސަލައިގަ ތިން މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 31 އަހަރާއި 26 ދެ ދިވެހި ފިރިހެނުން ކަމަށް ވިދާޅުވި އެވެ.

އެ ރަށުން މައުލޫމާތު ހިއްސާ ކުރި މީހަކު ބުނީ އެ ކުއްޖާ ރަހީނު ކުރުމަށް ފަހު ހަތަރެސްފައި ބަނދެ، އަނގަމަތީގައި ޓޭޕު އެޅުމަށް ފަހު އެއްލާލާފައި އޮތީ ދިރާގު އެންޓަނާ ބިއްދޮށަށެވެ. އެ ކުއްޖާއަށް އަނިޔާކޮށްފައިވާ ކަމަށްވެސްވެ އެވެ.

އެ ކުއްޖާ ރަހީނު ކޮށްފައިވަނީ ގޭ ބޭރުގައި ހުރި ޖޯއްޔެއްގައި އޮއްވަ ކަމަށްވެ އެވެ.

ކުޑަކުދިންނަށް މިފަދަ އަނިޔާ ދިނުމަކީ ވަރަށް ސީރިއަސްކޮށް ފުލުހުންނާއި ޖެންޑާ ގުޅިގެން ތަހުގީގު ކުރާ މައްސަލަތަކެވެ. ފުލުހުން ބުނީ މި މައްސަލަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިދިޔަ ޖޫން މަހު ވަނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލާފާ އެވެ އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މުދުގެ ކަރުތާ ފެނުގައި ފޮއްޓަކަށް ލާފައި އޮއްވަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close