މައިންބަފައިންނަށް ކަމޭހިތުން
އަލްމަރްވަޛީ ރިވާކުރެއްވިއެވެ: އިމާމް އަޙްމަދު ވިދާޅުވިއެވެ:
“މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ބޮޑުފާފާޔަށް ވާ ކައްފާރާއެކެވެ.. އެހެނީ ރައްބުގެ ރުހުންވަނީ އެވެރިންގެ ރުހުމުގައެވެ. އަދި ނުރުއްސެވުން ވަނީ އެއުރެންނަށް ނުބައިކޮށް ހިތުމުގައެވެ.”
އަދި މިފަދައިން އަލްމަކްޙޫލް އަރިހުން އިބްނު ޢަބްދުލް ބައްރު ވެސް ރިވާކުރެއްވިއެވެ.
عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ ﷺ ((رَغِمَ أَنْفُهُ ثُمَّ رَغِمَ أَنْفُهُ ثُمَّ رَغِمَ أَنْفُهُ )). قِيلَ مَنْ يَا رَسُولَ اللَّهِ قَالَ ((مَنْ أَدْرَكَ وَالِدَيْهِ عِنْدَ الْكِبَرِ أَحَدَهُمَا أَوْ كِلَيْهِمَا ثُمَّ لَمْ يَدْخُلِ الْجَنَّةَ)) [رواه مسلم]
“އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: الله ގެ ރަސޫލު ﷺ ޙަދީޘްކުރެއްވިއެވެ.
”އެމީހެއްގެ ނޭފަތް (رَغِمَ) ވެއްޔާއި މޮޑެވޭށިއެވެ. ދެންވެސް ފަހެ އެމީހެއްގެ ނޭފަތް ވެއްޔާއި މޮޑެވޭށިއެވެ. ދެންވެސް ފަހެ އެމީހެއްގެ ނޭފަތް ވެއްޔާއި މޮޑެވޭށިއެވެ.“ ދެންނެވުނެވެ. އޭ الله ގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ”އެއީ އެ މީހެއްގެ މައިންބަފައިން މުސްކުޅި ޙާލުގައި، އެއިގެ ތެރެއިން ދެމީހުންވިޔަސް، ނުވަތަ އެއިން އެކަކާވެސް ބައްދަލުވެ، އޭނާއަށް ސުވަރުގެ ނުވަދެވިއްޖެ މީހާއެވެ.“
رَغِمَ أَنْفُهُ، އެބަހީ : އޭނާގެ ނޭފަތް އައްރިޣާމް އިން ތަތްވެ މޮޑެވުމެވެ. އައްރިޣާމް އަކީ މައްޓާއި އެއްވެފައިވާ ވެއްޔެވެ.
މުރާދައަކީ : ނިކަމެތިކަމާއި ލަދުވެތިކަމެވެ. އެހެނީ މުސްކުޅިވެ ބަލިކަށިވުމިން އެދެވެންނަށް ޚިދުމަތް ކޮށްދީ ހޭދަކުރުމަކީ ޖަންނަތަށް ވެއްދެވުމުގެ ސަބަބެކެވެ.
އަދި ޢަލީ ބިން ޤުތައިބާ މާލިކް އަރިހުން ނާފިޢު އަރިހުން އިބްނު ޢުމަރު އަރިހުން – މަރްފޫޢު ކޮށް – ރިވާ ކުރެއްއެވެ: بُرُّوا آبَاءَكُم تَبَُرُّكم أَبْناؤكُم وعِفُّوا تَعِفُّ نِسَاؤُكمْ. “ތިޔަބައިމީހުން ގެ މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ. އޭރުން ތިޔަބައިމީހުންގެ ދަރިން ތިޔަބައިމީހުން ނަށް ހެޔޮކޮށް ހިތާނެތެވެ. އަދި ޢިއްފަތްތެރިވާށެވެ. އޭރުން ތިޔަބައިމިހުންގެ އަންހެންވެރީން ޢިއްފަތްތެރިވާނެ އެވެ.”
ރިވާކުރެއްވި އައްޠަބަރާނީ އެވެ. އެހެނަސް މިއީ މުންކަރު ރިވާޔަތެކެވެ. މީގައި ޢަލީ ބިން ޤުތައިބާ އައްރަފާޢީ ވެއެވެ. އޭނާގެ ޙަދީޘް ތައް ބަލއިނުގަނެވޭކަމަށް އިބްނު ޢަދިއްޔު ވިދާޅުވިއެވެ. އަދި އެހެނަސް މީގެ މާނަ ޞައްޙަ އެވެ.
ހަނުތިބޭ މައިންބަފައިންނަށް ނުބައިކޮށް ހިތުން:
ވަރަށް ހިތްދަތި އެއްކަމަކީ، ބޮޑުވެފައިވާ އަންހެން ދަރީންގެ ޚާދިމެއް ފަދައިން މަންމަ ބަދަލުވެގެން ދާތަން ފެނުމެވެ.
އަދި ވަރުގަދަ ފިރިހެން ދަރިންގެ މަސައްކަތްތެރި އަކަށް ބަލިކަށިވަމުންދާ ބައްޕަ ވެގެން ދިއުމެވެ.
އަލްޢުޤޫޤު (ނުބައިކޮށް ހިތުން) މިއީ ހަޅޭއްލެވުމާއި އެއްޗެހި ކިޔުމާއި އަޑުހަރުކޮށް ވާހަކަ ދެއްކުން އެކަންޏެއް ނޫނެވެ.
އަދި ކިއެއްހެއްޔެވެ؟ ނުބައިކޮށް ހިތުމުގެ ތެރޭގައި: ލަދުޙަޔާތުގެ ކަނޑިން ހަނުހުރެ ވާހަކަ ދައްކާމީހާ ހިމެނެއެވެ.
މައިންބަފައިންގެ ހަމްދަރުދީ، އަހަރެމެންނަށް، އަދި ކިއެއް؟ އަހަރެމެންގެ ދަރީންނަށް ވެސް ޚިދުމަތް ކުރުވުމަށް ބޭނުންކޮށްލަނީއެވެ.
) ޝައިޚް، އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް (މަޞްދަރު



Very nice