މިއީ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނު ކުރަންވީ ވަގުތެއް ނުން – ރައީސް ޞާލިޙު
މިއީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރަންވީ ވަގުތެއް ނޫންކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙު ވިދާޅުވީ، އެމް.ޑީ.ޕީ ޤައުމީ މަޖުލީހުން އެގޮތަށް ނިންމިއެއްކަމަކު އެއީކީ މިވަގުތު ކުރަން ޖެހޭ ކަމެއް ނޫންކަމަށެވެ.
އަދި ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުންވެސް ރައީސް ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސީދާ ފާޅުގައި ދެކޮޅު ނުހެއްދެވިޔަސް އެއީ ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން ބޭނުންވެލައްވާ ގޮތް ނޫންކަމަށެވެ.
ރައީސް މިހެންވިދާޅުވެފައިވާއިރު އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ހުށަހެޅުން ވަނީ ފާސްކުރައްވާފައެވެ.


