ޚަބަރު

ކޮވިޑް ދިފާއު ވެކްސިން ޕްރޮގްރާމްގެ ދަށުން އަތޮޅުތެރޭގައި އެސްޓްރަޒެނިކަ ވެކްސިން ދޭން ފަށައިފި

ކޯވިޑް-19 ދިފާއު ވެކްސިން ޕްރޮގްރާމްގެ ދަށުން އަތޮޅު ތެރޭގެ ރަށްތަކުގައި އެސްޓްރާ ޒެނިކާ ވެކްސިން ދޭން ފަށައިފި އެވެ

އެސްޓްރާޒެނިކާ ވެކްސިން އަތޮޅު ތެރޭގައި ދޭން ފެށީ އިއްޔެ އެވެ. އިމުނައިޒޭޝަން ޕްރޮގްރާމްގެ ފަރާތުން ނާޝިޔާ އަބްދުލް ގަފޫރު ވިދާޅުވީ އަތޮޅުތެރޭގައި ވެކްސިން ޖެހުމުގެ އިންތިޒާމުތަކާއި ގަޑިތައް، އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރުން އަންމުކުރާނެ ކަމަށެވެ.

އަދި މަލޭގައި ވެކްސިން ޖަހަމުން ދާނީ މީގެ ކުރިއެކޭވެސް އެއްގޮތަށް އެޕޮއިންޓްމެންޓް ދޫކޮށްގެން ކަމަށެވެ. މާލޭގައި އެސްޓްރާޒެނިކާ ވެކްސިން ޖަހަން ފަށާނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހު އެވެ.

މާލޭގައި ވެކްސިން ޖެހުން ހަ ސެންޓަރެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނެއެވެ. އެއީ ސޯޝަލް ސެންޓަރާއި، އިސްލާމިކް ސެންޓަރާއި، އާޓް ގެލަރީއާއި ވިލިމާލޭ ޔޫތް ސެންޓަރާއި ހުޅުމާލޭ ހޮސްޕިޓަލްގައި އެވެ.

އެސްޓްރާޒެނިކާ ވެކްސިން ދެމުން ދަނީ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒުގެ ގޮތުގައި އެވެ. ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރާޒެނިކާ ވެކްސިން ދެނީ ކޮވިޝީލްގެ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންނަށެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ އަތޮޅުތެރޭގައި އެސްޓްރާޒެނިކާ ވެކްސިން ދޭން ފެށުމަކީ ކޯވިޑް ވެކްސިން ޕްރޮގްރާމް ނިންމަން ފަށާ ބޮޑު ކެމްޕެއިންގެ ފެށުން ކަމަށެވެ. އދި އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސެންޓަށް ވެކްސިން ދިނުން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close