ޚަބަރު

ކުޑަކުދިން ރަހީނުކޮށް މެރުމަކީ ޤައުމުގައި ނާމާންކަން އޮތްމިންވަރު އަންގައިދޭ ކަމެއް – އާދަމް ޝަރީފް

ކުޑަކުދިން ރަހީނުކޮށް މެރުންފަދަ ލާއިންސާނީ އަމަލުތައް ހިންގުމަކީ ގައުމުގައި ބިރުވެރިކަމާއި ނާމާންކަން އިންތިހާއަށް އޮތްކަން އަންގައިދޭ ކަމެއްކަމަށްކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، މާލޭގައި 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ ކުޑަކުދިން ރަހީނުކޮށް މެރުންފަދަ ލާއިންސާނީ އަމަލުތައް ހިންގުމަކީ ގައުމުގައި ބިރުވެރިކަމާއި ނާމާންކަން އިންތިހާއަށް އޮތްކަން އަންގައިދޭ ކަމެއްކަމަށެވެ. ހާއްސަކޮށް މާލޭގައި ކާފިއު ހިންގާފައި އޮއްވާ މިފަދަ ކަމެއް ކުރުމުން، އެއްވެސް މީހަކަށް އަމާންކަން ކަށަވަރުނުވާނޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައި އޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ ހޯމަދުވަހުގެ މެންދަމު 2:38 އެހާކަންހާއިރުއެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރު ކުއްޖާގެ ބަންދަށް 15 ދުވަސް އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ ހެޑް ޗީފް އިންސްޕެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އިތުރަށް ހޯދަންޖެހޭ މައުލޫމާތު ހޯދައި މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މައްސަލައާއި ގުޅިގެން އިތުރަށް ހެކި ހޯދަމުން އަންނަ މިދަނޑިވަޅުގައި އާއްމު ރައްޔިތުންނަށް މި ހާދިސާއާއި ގުޅޭ މައުލޫމާތެއް އެނގޭނަމަ ހިއްސާ ކުރުމަށް އަބްދުﷲ ރަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close