އޮޕެރާގެ ޖީއެކްސް ގޭމިންގ ބްރައުޒަރ ފޯނަށް
އޮޕެރާގެ މަޝްހޫރު ގޭމިނގް ބްރައުޒަރ ކަމަށްވާ އޮޕެރާ ޖީއެކްސް އަކީ ޕީސީ އަށް އެކަނި އެޅޭ ބްރައިޒަރ އެކެވެ. މިހެންވެ ގިނަ ފޭންސް ތަކެއް ޑިސްކޯރޑް ސާރވާތަކުގަޔާއި އެހެނިހެން ޕްލެޓްފޯމް ތަކުގައި ދިޔައީ މިކަމާ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު (20 މޭ) ގަ އޮޕެރާއިން އޮޕެރާ ޖީއެކްސްވަނީ ފޯނަށް ތަޢާރަފްކޮށްފައެވެ. މި ބްރައުޒަރ އަކީ އެންމެ ފުރަތަމަ ގޭމިންގ އަށް ޚާއްސަ ކޮށް ނެރުނު ބްރައުޒަރ އެވެ.
އޮޕެރާ އިން ނެރިފައިވަނީ އަދި ބީޓާ ރިލީޒްއެކެވެ. މި ބްރައުޒަރގައި އެމީހުންގެ ކަސްޓަމް 4 ސްކިން އަކާއި މޮޑަރން ލޭއައުޓަކާއި ދުވަހުން ދުވަހަށް ގޭމް ތަކުގެ އަޕްޑޭޓްސް އާއި ބެސްޓް ގޭމްސް އަދި ޓޮޕް ގޭމް ޑީލްސް ސެކްޝަނެއް ވެސް އިދެއެވެ. އިން ބިލްޓް އެޑްބްލޮކަރ އެއްވެސް އިދެއެވެ. ކްރިޕްޓޯ ކަރެންސީ މައިނިންގ ޕްރޮޓެކްޝަނެއް ވެސް އިދެއެވެ.
އަދި ޖީއެކްސް ޕީސީ ބްރައުޒަރ އިން ފޯނަށް ވެބްސައިޓުތަކުން ސޭވް ކުރާ ފޮޓޯ އަދި ޓެކްސްޓް އެއްޗިހި ފޮނުވޭނެ ވަރަށް ފަސޭހަ ފީޗާރއެއް ވެސް ބްރައުޒަރ ތެރޭގައި ހިމެނެއެވެ. އެއް އަތުން ފޯނު ބޭނުން ކުރާ މީހުންނަށް ކުއިކް ނެވިގޭޝަން އެއްވެސް މި ބްރައުޒަރގައި ހިމެނެއެވެ. މިއީ އަވަހަށް ނެވިގޭޓް ކުރުމަށް ބޭނުން ކުރާ ފީޗާރއެކެވެ.
އޮޕެރާއިން ބުނަނީ އަދި މިއީ އޮޕެރާ ޖީއެކްސްގެ ބީޓާ ކަމަށް ވުމުން، ކުރިއަށް އޮތް ތަނުގައި މާ ގިނަ ތީމް ތަކާއި ފީޗާތައް އަންނާނެކަމަށެވެ.
އޮޕެރާ ޖީއެކްސް ޑައުންލޯޑް ކޮށްލެއްވުމަށް:
ވިންޑޯސް: https://www.opera.com/gx
އެންޑްރޮއިޑް: https://operagx.gg/android-beta
އައިއޯއެސް: https://operagx.gg/ios-beta
